ads
އުމަރު ނަސީރު--
ފަސް މީހުންގެ ގްރޫޕަކުން އަޅުގަނޑު މަރާލަން ރޭވި: އުމަރު ނަސީރު
ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ގޭންގް ތަކާއި ނުރައްކާތެރި ކުށްވެރިން ހުއްޓުވަން ކުރެއްވި މަސައްކަތުގެ ތެރޭގައި އެކަމާ ހިތްހަމަނުޖެހިން ފަސް މީހުންގެ ގްރޫޕަކުން އެމަނިކުފާނު އަވަހާރަކޮށްލަށް ރޭވިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާ، އެމަނިކުފާނުގެ ވެރިކަމެއްގައި ގެންގުޅުއްވާނެކަމަށް މިހާތަނަށް ވިދާޅުވެފައިވާ ސިޔާސަތުތަކާއި ބެހޭގޮތުން ސީއެންއެމް އަށް ދެއްވި އިންޓަވިއެއްގައެވެ.

އުމަރު ވިދާޅުވީ، އެމަނިކުފާނުގެ ހޯމް މިނިސްޓަރުކަމުގައި މަސައްކަތްކުރައްވަން ލިބުނީ ގާތްގަނޑަކަށް ދެ އަހަރާއި ބައި ކަމަށާއި، އެމުއްދަތުގެ ތެރޭގައި ގޭންގްތައް ހުއްޓުވަން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. 

އަދި އެއީ ވަރަށް ޕްރެޝަރު ބޮޑު، އަދި އެހާމެ ނުރައްކާތެރި ކަމެއްކަމަށާއި، ސަބަބަކީ ގޭންގް ތަކުގައި ހަރަކާތްތެރިވާ މީހުންނަކީ ސިޔާސީ އެކިފަރާތްތަކާއި ގުޅުން އޮންނަ ބައެއްގެ އިތުރުން، ގާނޫނުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން، އެމީހުންނާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް އެޅޭނެކަމަށް ގަބޫލުކުރާ ބައެއް ނޫން ކަމަށްވުން ވެސް އުމަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން، "ލޯ އެންޑް އޯރޑަރ" ތަންފީޒު ކުރެވެންޖެހޭނެ ކަމަށް ގަބޫލުކުރައްވާތީވެ، މާލޭގެ އެކި ސަރައްހައްދުތަކުގައި ގޭންގް ތަކަށް ނިސްބަތްވާ މީހުން ތައްޔާރުކޮށްފައިވާ ހަޓުތައް ރޫޅާލައި، ގޭންގްތަކުގައި އިސްކޮށް ހަރަކާތެރިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތުލިބިފައިވާ 40 އަށްވުރެ ގިނަ މީހުންގެ ފައިގައި ޓެގް ވެސް އެޅުވެނު ކަމަށް އުމަރު ވިދާޅުވިއެވެ. 

ނަތީޖާއެއްގެ ގޮތުން، އުމަރު އަވަހާރަކޮށްލަން، ފަސް މީހުންގެ ގްރޫޕަކުން ކަތިވަޅި ހިފައިގެން އައިސް ހަމަލާ ދޭން ރާވައިފައިވާ ކަމުގެ މައުލޫމާތު ލިބުނުކަމަށާއި، އަދި އެމަނިކުފާނުގެ ދަރިން ކިޑްނެޕްކުރުމަށް ރާފައިވާކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންނެވިކަމަށް އުމަރު ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ދަރިންގެ ސެކުރިޓީ ވަރުގަދަ ކުރަން އިތުރު މީހުން ލާންޖެހުނުކަމަށާއި، އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް "ފިސްތޯލަ" ބޭނުންކުރުމުގެ ހުއްދައަށްވެސް އެދިވަޑައިގެންނެވި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

" ދެން ވަރަށްބޮޑަށް ކުށްވެރިން ޓާގެތްކުރި އަޅުގަނޑަށް އިނގޭތޯ. އަޅުގަނޑުމެންނަށް މައުލޫމާތުލިބުނު ކަތިވަޅިން އަޅުގަނޑަށް ހަމަލާދޭން މަސައްކަތްކުރަމުންދާ ވާހަކަ. އެކަން ރޭވެމުންދާވާހާކަ. އަޅުގަނޑުގެ ކުދިން އެބްޑަކްޓް ކުރަން، ކިޑްނެޕްކުރަން އުޅޭވާހަހަކަ. ދެން އަޅުގަނޑުގެ ކުދިން ކުޑަވާނެ އޭރު އިނގޭތޯ. ކުދިން އެއިރު ޓިއުޝަނަށް ދާނެ. ޓިއުޝަނަށް ދާ ގެކައިރިން އެކުދިން ކިޑްނެޕްކުރަން މަސައްކަތްކުރަން ރާވައޮތީ. މިކަމާއި ގުޅިގެން އިތުރު ސެކިއުރިޓީވެސް އެކުދިންނަށް ދޭންޖެހުނު. އަދި 5 މީހެއްގެ ގްރޫޕަކުން އައިސް ކަތިވަޅިން އަޅުގަނޑާއި އަޅުގަނޑުގެ ސެކިއުރިޓީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތުވެސް ލިބުނު. މިއާއެކު އަޅުގަނޑުގެ ސެކިއުރިޓީއަށް ފިސްތޯލައެއް ދޭންވެސް އަޅުގަނޑުއެދުނިން އެމްއެންޑީއެފް ގަ. ސަބަބަކީ 5 މީހެއްގެ ގްރޫޕަކުން އަންނައިރު، އަޅުގަނޑުގެ ސެކިއުރިޓީންނަށް މިތިބީ ގާތްގަނޑަކަށް 2 މީހުން އިނގޭތޯ." - އުމަރު ނަސީރު

މިހުރިހާ އިންޒާރުތަކާއި އެކުވެސް ކުރެއްވި މަސައްކަތްތައް ހުއްޓަވައިނުލެއްވި ކަމަށާއި، ނަތީޖާއެއްގެ ގޮތުން އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއްފަރާތްތަކާއި އަދި ސިޔާސީ އެހެނިހެން ފަރާތްތަކުން ޕްރެޝަރުބޮޑުކޮށް، ރައީސް ޔާމީނަށް ކުރެއްވި ޝަކުވާތަކާއި އެކު، ހޯމްމިނިސްޓަރެއްގެ ހައިސިއްޔަތުން ފުލުހުންލައްވާ ކުރުވަމުން ދިޔަކަންތައްތައް ހުއްޓުވަން، އެމަނިކުފާނުގެ އަތްފައި ބަނދެލެއްވިކަމަށްވެސް އުމަރު ވިދާޅުވިއެވެ. 

އުމަރު އެ އިޝާރާތްކުރެއްވީ، އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި، ދިވެހި ފުލުހުންގެ މައްޗަށް އަމުރުކުރުމުގެ ބާރު ހޯމް މިނިސްޓަރު އަތުން ނަންގަވާ، ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް އެބާރުތައް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމެވި ނިންމެވުންކަމަށް ބެލެވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އުމަރު ނަސީރު ގެންދަވަނީ، އުމަރުގެ ވެރިކަމެއްގައި ގޭންގް ތަކާއި ނުރައްކާތެރި ކުށްވެރިން ހުއްޓުވަން ހަތިޔާރު ބޭނުންކުރައްވާނެކަމަށް ވިދާޅުވެ، އެވާހަކަދައްކަވަމުންނެވެ.

82%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް