ads
ބޭންކް އޮފް މޯލްޑިވްސް
ހައިކޯޓްގެ ހުކުމް ބީއެމްއެލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި
ބޭންކް އޮފް މޯލްޑިވްސްއަކީ، ދައުލަތުގެ އިދާރާއެއްގެ ގޮތުގައި މާނަ ކުރެވޭނެ ތަނެއް ކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޭން ޖެހޭ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްއިން ދޭން ޖެހޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން، ބޭންކުގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ހައިކޯޓުން ނިންމި މި މައްސަލަ ބޭންކުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި މަހު ކުރީކޮޅު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ، ދައުލަތުގެ އިދާރާއެއްގެ ގޮތުގައި މާނަ ކުރެވޭނެ ތަނެއް ކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޭން ޖެހޭ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްއިން ދޭން ޖެހޭނެ ކަމަށް ހައިކޯޓުން މިދިޔަ މަހު ކަނޑައެޅީ، ބޭންކުގެ ބޯޑް ޑައިރެކްޓަރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހޯދުމަށް އެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އައިކޮމް އިން ނެރުނު އަމުރު ބޭންކުން ހައިކޯޓްގައި އިސްތިއުނާފް ކުރުމުންނެވެ.

މިމައްސަލާގައި އައިކޮމްއިން ނިންމީ އެ މައުލޫމާތު ބޭންކުން ދިނުމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފް ކުރަން ޖެހޭނީ ހައިކޯޓް ގައެވެ.

އާރުޓީއައި އެކްޓިވިސްޓް އައިމަން ލަތީފުގެ ފަރާތުން އައިކޮމްއަށް ހުށަހެޅި މި މައްސަލައާއި ގުޅިގެން، ބޭންކުން ހައިކޯޓުގައި ދައުވާ ކުރުމުން ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއަކީ ދައުލަތުގެ އިދާރާގެ މާނައިގެ ތެރޭގައި ހިމެނޭނެ ތަނެއް ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ނިންމީ ފަނޑިޔާރު ހުސެއިން މަޒީދު، މުހައްމަދު ނިޔާޒް އަދި ހަސަން ޝަފީއުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް