ads
ސަލަފުގެ އިސްބޭފުޅުންނާ ގާސިމް ބައްދަލު ކުރައްވަނީ
ގާސިމް ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި
ޖަމިއްޔަތުލް ސަލަފުގެ އިސް ބޭފުޅުންނާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ސަލަފްގެ އިސް ބޭފުޅުންނާ ގާސިމް މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. މި ބައްދަލުވުން އޮތީ ސަލަފްގެ އޮފީހުގައެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ ތަފްސީލެއް ނުލިބެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންވެސް މީގެކުރިން ވަނީ ސަލަފްގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީ ތަކުން މިހާރުވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ކޯލިޝަނާއި، އަދާލަތު ޕާޓީ އަދި އެމްއާރުއެމުންވެސް ގެންދަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޕާޓީތަކާ، ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ. ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް