ads
ރައީސް ސޯލިހު އަދި ސާއިދު-- ފޮޓޯ: ރައީސް އޮފީސް
އިންޑިއަންގްރޯން ޕްރީ އިވެންޓްގެ 100 މީޓަރުން ސާއިދަށް ރަން މެޑަލް
އިންޑިއާގައި ހޯމަ ދުވަހު ފެށި އިންޑިއަން ގްރޯން ޕްރީ އިވެންޓްގެ 100 މީޓަރު ރޭހުން ރާއްޖޭގެ ހަސަން ސާއިދު ރަން މެޑަލް ހޯދައިފި އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ފެށި އިންޑިއަން ގްރޯން ޕްރީ އިވެންޓްގެ 100 މީޓަރު ރޭހުން ރާއްޖޭގެ ހަސަން ސާއިދު ރަން މެޑަލް ހޯދީ، 10.67 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ރަން މެދަލް ހޯދިއިރު، ދެ ވަނަ އަށް ދިޔަ އިންޑިއާގެ އޮޑިޝާގެ އާމިޔާ ކުމާ ރޭސް ނިންމީ 10.69 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ދިއްލީގެ އަމިތު ތިވާރީ ރޭސް ނިންމީ 10.90 ސިކުންތުންނެވެ.

އިންޑިޔާގައި އޮތް އިވެންޓަކުން މިއަދު ރަން މެޑަލް ހޯދިއިރު، ސާއިދު މި ވަގުތު އަންނަނީ އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ދިން ފުލްޓައިމް ސްކޮލަޝިޕެއްގައި ބެންގަލޫރުގައި ތަމްރީން ހަދަމުންނެވެ.  

ރާއްޖޭގެ އެންމެ ސްޕީޑު ބާރު ދުވުންތެރިޔާ ސާއިދަށް މި އަހަރަކީ އެހެން ބޮޑު އަހަރެކެވެ. އެއީ ސާއިދު 2015 ވަނަ އަހަރު ރާއްޖެ އަށް ރަން މެޑަލް ގެނެސްދިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އިތުރުން އޭޝިއަން ގޭމްސް ފަދަ ބޮޑެތި އިވެންޓްތައް މިއަހަރު އޮތުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް