ads
ދިރާގުގެ ސާފު ފައިދާ ވަނީ 2021 ވަނަ އަހަރާ އަޅާކިޔާއިރު 11.8 އިންސައްތަ ކުރިއަރާފައި - ފޮޓޯ:ދިރާގު
ވަރުގަދަ ޕާފޯމަންސަކާ އެކު ދިރާގުން 34 ވަނަ އަހަރީ އާންމު ޖަލްސާ ނިންމާލައިފި
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ 34 ވަނަ އަހަރީ އާންމު ޖަލްސާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފިއެވެ.
Advertisement

ދިރާގުން ބުނީ މި އަހަރުގެ ޖަލްސާ ބާއްވާފައިވަނީ 'ހައިބްރިޑް' މޮޑަލްއަށް ކަމަށެވެ. މިދިޔަ އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ 'ފަހިވޯޓު' މެދުވެރިކޮށް އޮންލައިންކޮށް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ މިއަހަރުގެ އާންމު ޖަލްސާގައި 125 ހިއްސާދާރުންނާ އެކު 71,347,289 ހިއްސާ ތަމްސީލުކޮށް، ހުށަހެޅުނު ހަތަރު ރިޒޮލިއުޝަނެއް އަގުލަބިއްޔަތުން ފާސްވެފައިވާ ކަމަށެވެ.

ނިމިދިޔަ އަހަރު އެ ކުންުފުނީގެ ޖުމްލަ އާމްދަނީއަށް 2.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ 2021 ވަނަ އަހަރާ އަޅާކިޔާއިރު 2.3 އިންސައްތަ މަތީ އަދަދެއް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނި ގޮތުގައި މިއީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ސެގްމަންޓުގެ ޕާފޯމަންސް ވަރުގަދަކުރުމުގެ ނަތީޖާ ކަމުގައެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާ ވަނީ 2021 ވަނަ އަހަރާ އަޅާކިޔާއިރު 11.8 އިންސައްތަ ކުރިއަރާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނެފައިވަނީ ކެޕިޓަލް ހަރަދު 53.5 އިންސައްތަ އިތުރުވެ 476 މިލިއަން ރުފިޔާއަށް ބޮޑުވެފައިވަނީ މައިގަނޑު ގޮތެއްގައި ކުންފުނިން ފުރިހަމަ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމެއް ކަމަށްވާ ސީ-މީ-ޑަބްލިއުއީ 6 އަށް އިންވެސްޓްކުރަން ނިންމުމުން ކަމަށެވެ. މިއީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މުސްތަގުބަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނީ އިންވެސްޓްމަންޓް އެޕްރޯޗުން ދައްކުވައިދެނީ ހަރުދަނާ މާލީ ނަތީޖާތަކެއް ނެރެމުން އަންނައިރު ސްޓްރެޓެޖިކް ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ކުރުމަށް ކުންފުނިން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

ދެމެހެއްޓެނިވި ހިއްސާދާރުންގެ އަގު އުފެއްދުމުގެ މުހިންމުކަން ދިރާގުން ދެނެގަނެ، މި ވައުދު ދައްކުވައިދެނީ އެ ކުންފުނީގެ ހިއްސާދާރުންނަށް ދުޅަހެޔޮ ޑިވިޑެންޑް ދެމެހެއްޓެނިވި ގޮތެއްގައި ދެއްކުމުން ކަމަށް ދިރާގުން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި ވައުދާ އެއްގޮތަށް ޑިރެކްޓަރުންގެ ބޯޑުން ހިއްސާއަކަށް 5.67 ރުފިޔާގެ ފައިނަލް ޑިވިޑެންޑެއް ހުށަހަޅައި، ހިއްސާދާރުން ފާސްކޮށް، 2022 ވަނަ އަހަރުގެ ފުލް އިޔާ ޑިވިޑެންޑް ހިއްސާއަކަށް 7.33 ރުފިޔާއަށް ގެނެސް، ސާފު ފައިދާގެ 61 އިންސައްތަ ޕޭ އައުޓް ރޭޝިއޯ ރަމްޒުކޮށްދޭ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18.2 އިންސައްތައިގެ ކުރިއެރުމެެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް