ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ފިރިހެނަކު އަންހެނެއްގެ އަތުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ. އަދި މަޑުކޮށްފައި އަންހެން މީހާގެ ގައިގައި ތަޅާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ފަހަތުން ބަޔަކު އެހެން ނުހެދުމަށް އެދެމުން އަންނަނިކޮށް، އަނިޔާ ހުއްޓުވީ އެތަނަށް ދިޔަ ފިރިހެނެކެވެ.
މައުލޫމާތު ލިބޭގޮތުގައި، އަންހެން މީހާއަކީ މަޑަވެލީގެ އެ ފިރިހެން މީހާއާ ކައިވެނިކޮށްގެން އުޅޭ އުތުރު ރަށެއްގެ މީހެކެވެ.
ފުލުހުން ބުނީ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެން މީހާ ހައްޔަރުކޮސްފައިވާ ކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހެކެވެ.