ads
ސާރާ އަލީ ހާން--
ސްކޫލުގައި އުޅުނުއިރު ސާރާ ސަސްޕެންޑް ނުކުރީ ހަމަކިރިޔާ
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސާރާ އަލީ ހާން މިވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. ފިލްމީ ދާއިރާގައި އޭނާގެ މަސައްކަތްތައް ކަމުދިޔުމުގެ އިތުރުން އިންޓަވިއުތަކުގައި ވާހަކަ ދައްކާ ގޮތް ވެސް ގިނަ ބަޔަކަށް ކަމުދެ އެވެ.

މިފަހުން ސާރާ ދިން އިންޓަވިއުއެއްގައި އޭނާ މިވަނީ ސުކޫލު ދައުރުގެ ގިނަ ހަނދާންތަކެއް އާކޮށް ގިނަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އެގޮތުން ސާރާ ބުނީ އޭނާއަކީ އެންމެ ފަހަތުގައި އެންމެ މަޑުން އިން ކުއްޖާ ކަމަށެވެ. 

ނަމަވެސް ފަހަތުގައި އިނދެގެން އެންމެ ލާނެއް ކަންތައް ކުރަނީ ވެސް އޭނާ ކަމަށް ބުންޏެވެ. އެގޮތުން ސާރާ ބުނި ގޮތުގައި އެއް ދުވަހު އޭނާ ވަނީ ފަންކަލުގެ ފިޔަތަކަށް ތެރަސްއަޅާފަ އެވެ. އަދި ފަންކާ ޖެހުމާއެކު މުޅި ކްލާހަށް ތެރަސްތައް ދިޔަ ކަމަށް ބުންޏެވެ. 

މި ސަބަބާހުރެ ޕްރިންސިޕަލްގެ އޮފީހަށް އޭނާ ގެންދިޔަ އެވެ. އަދި އެކަން ކުރީ ކީއްވެތޯ ސުވާލުކުރި ކަމަށާއި އޭނާއަށް ދޭނެ ޖަވާބެއް ވެސް ނޭނގުން ކަމަށް ބުންޏެވެ. އަދި އިތުރަށް ބުނީ އެ ކަމާ ހުރެ އޭނާ ސަސްޕެންޑް ނުކުރީ ހަމަ ކިރިޔާ ކަމަށެވެ.

ސާރާ އެންމެ ފަހުން ފެނިގެންދިޔައީ ލަވް އާޖް ކަލް އިންނެވެ. މި ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކޫލީ ނަމްބަރު ވަން އެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ވަރުން ދާވަންއާއެކު އެވެ. 

56%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް