ނޯވޭގެ ގައުމީ ޓީމުން ހާލަންޑް ބާކީ ކުރާނީ އަންނަ ހަފްތާގައި ޔޫރޯ ކޮލިފައިންގައި ނޯވޭއިން ކުޅެން ޖެހޭ މެޗުތަކަށް ނެގި ޓީމުންނެވެ. ޔޫރޯ 2024 ކޮލިފައިންގެ ފުރަތަމަ މެޗުގައި ނޯވޭ ކުޅެން ޖެހެނީ ސްޕެއިން އަދި ޖޯޖިއާއާއެވެ.
ހާލަންޑަށް އަނިޔާވީ މިދިޔަ ހަފްތާގައި ބާންލީއާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައެވެ. އެއީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗެވެ. އެ މެޗުން ސިޓީ މޮޅުވީ 6-0 ންނެވެ.
ގައުމީ ޓީމުން ކުރިއަށް އޮތް ދެ މެޗުން ހާލަންޑް ބާކީ ކުރިކަން ހާމަ ކުރަމުން ނޯވޭ ޓީމުގެ ޑޮކްޓަރު ބުނީ ކުރިއަށް އޮތް ދެ މެޗަށް ހާލަންޑް ފިޓް ނޫން ކަމަށެވެ. އެހެންކަމުން މި ވަގުތަށް މުހިއްމީ އޭނާ އަލުން ފިޓްވުން ކަމަށްވެސް ޑޮކްޓަރު ބުންޏެވެ.