ads
ބިންހެލުން
ރާއްޖޭގެ އަވަށްޓެރި ގައުމުތައް ހިމެނޭ ހެން 8 ގައުމަކަށް ބާރުގަދަ ބިންހެލުމެއް
އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގެ އަސަރު އިތުރު ހަތް ގައުމަކަށް ކޮށްފިއެވެ.

ބިންހެލުން އައިސްފައިވަނީ އަފްގާނިސްތާނުގެ ކަލަފްގާން އާއި 90 ކިލޯމީޓަރު ދުރުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 6.8 މެގްނިޓިއުޑްގެ މި ބިންހެލުން އައިސްފައިވަނީ ތުރުކުމެނިސްތާން، އިންޑިއާ، ކަޒަކިސްތާން، ޕާކިސްތާން، ތަޖިކިސްތާން، އުޒްބެކިސްތާން، ޗައިނާ، އަފްގާނިސްތާން، އަދި ކިރްގިސްތާން ފަދަ ގައުމުތަކަށެވެ.

އަފްގާނިސްތާނުގެ 'ހިންދޫ ކުޝް' ސަރަހައްދަށް ބިންހެލުމެގެ އަސަރު ވަރަށް ބޮޑަށްކުރިއެވެ. އިންޑިއާގެ ދިއްލީ، އަދި ނޮއިޑާ ވަށައިގެންވާ ސަރަހައްދުތަކަށް ބިންހެލުންތަކެއް އައިސްފައިވެއެވެ. ބިންހެލުން އައިސްފައިވަނީ 184 ކިލޯމީޓަރު (114 މޭލު) ގެ އަޑިއަށެވެ.

މި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލު އިންޑިއާ ސަރުކާރުން އަންނަނީ އެއްކުރަމުންނެވެ.

“އަޅުގަނޑުމެންގެ އިމާރާތުގެ ގިނަ ބަޔަކު އައީ ކޮމަން ގްރައުންޑް ސަރަހައްދަށް. މީހުން ފޯނުން އެއްވެސް އަޕްޑޭޓެއް ހުރިތޯ މެދުނުކެނޑި ޗެކް ކުރަމުން ދިޔައީ،" ނޮއިޑާގެ ސެކްޓަރ 22 ގެރައްޔިތެއް ނޫސް އެޖެންސީ އޭއެންއައި އަށް ބުންޏެވެ.

އިންޑިއާގައި ދިއްލީ، ހަރިޔާނާ، ޗަންދީގަރު، އުއްތަރު ޕްރަދޭޝް ފަދަ ބައެއް ސަރަހައްދުތަކުން ބިންހެލުން އައިސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ބިންހެލުން އައީ އިންޑޯ-އޮސްޓްރޭލިއާ ޕްލޭޓް ޔޫރޭޝިއަން ޕްލޭޓާ ޖެހިގެން ކަމަށް ޖިއޮލޮޖިކަލް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. 

މި ބިންހެލުމުގައި ސުނާމީއެއްގެ އަސަރު ކުރާނެކަން ނުވަތަ ނޫންކަން އަދި ހާމައެއް ނުކުރެއެވެ. 

38%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް