އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު އިއްޔެ ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް ލިބުނު ކަދުރު ބެހުމުގެ ކަންކަން އަންނަ ހަފްތާގައި އިއުލާނު ކުރާނެ ކަމަށެވެ.
މިއަހަރު ސައުދީ ކަދުރު ރޯދައިގެ ކުރިން ލިބުނު އިރު މިފަހުން ސައުދީން ހަދިޔާކުރާ ކަދުރު ލިބެމުން އައީ ރޯދަމަހުގެ ތެރޭގައެވެ.
މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާއެވެ.