ads
ރަޝްފޯޑް
އަނިޔާގެ ސަބަބުން ރަޝްފޯޑްވެސް ގައުމީ ޓީމުން ބާކީކޮށްފި
ޔޫރޯ ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުތަކަށް އެކުލަވައިލި އިގިރޭސި ސްކޮޑުން، މާކަސް ރަޝްފޯޑްވެސް އަނިޔާގެ ސަބަބުން ބާކީކޮށްފިއެވެ.

ރަޝްފޯޑަށް އަނިޔާވީ އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ފުލަމް އަތުން މެންޗެސްޓާ ޔުނައިޓެޑް ފަހަތުން އަރައި މޮޅުވި މެޗުގައެވެ. 

ސީޒަނުގެ މިހާތަނަށް ހުރިހާ މުބާރާތެއްގައި 27 ގޯލު ޖަހާފައިވާ ރަޝްފޯޑްގެ އެ ގޯލުތަކުގެ ތެރެއިން، 19 ގޯލު ފެނިގެންގޮސްފައިވަނީ މިދިޔަ ނޮވެމްބަރު/ޑިސެމްބަރުގައި ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު އަލުން ކްލަބް ފުޓްބޯޅަ ސީޒަން ފެށި ފަހުންނެވެ. 

އަނިޔާގެ ސަބަބުން ގައުމީ ޓީމުން ބާކީކުރިއިރު، ޔޫރަޕްގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ފޯވާޑަކީ ރަޝްފޯޑް އެވެ.

އަނިޔާއާ ހެދި ރަޝްފޯޑްގެ އިތުރުން، ޗެލްސީގެ މިޑްފީލްޑަރު މޭސަން މައުންޓް އާއި ނިއުކާސަލް ޔުނައިޓެޑްގެ ގޯލްކީޕަރު ނިކް ޕޯޕް ވެސް ވަނީ ސްކޮޑުން ވަކިވެފަ އެވެ. 

އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި އިންގްލެންޑު ފުރަތަމަ ކުޅޭނީ އިޓަލީއާ އެވެ. އޭގެ ފަހުން ކުޅޭނީ ޔޫކްރޭނާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް