
މުރުނާލް ތާކޫރު ކާމިޔާބީގެ ސިޑިން މައްޗަށް އަރަމުން އަންނަނީ ހަލުވިކަމާއެކުއެވެ. މިހާރު އޭނާ ވަނީ މުހިންމު ތަރިއަކަށް ވެ، ގިނަ ފިލްމު އުފައްދާ ފަރާތްތަކުގެ ފޭވަރިޓް ޗޮއިސްއަކަށް ވެފައެވެ. "ސީތާ ރަމަމް، ޖާޒީ" އަދި ދާދިފަހުން ރިލީޒްކުރި އަކްޝޭ ކުމާރާއި އެމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދިޔަ "ސެލްފީ" ފަދަ ބޮޑެތި ގިނަ ފިލްމުތަކެއްގައި އޭނާ ވަނީ ބައިވެރިވެފައެވެ. މިއާއެކު އޭނާއަށް ވަނީ ރަނގަޅު ފޭން ފޮލޯވަރުންތަކެއް ވެސް ކާމިޔާބުކަމާއެކު ލިބިފައެވެ.
މުރުނާލް ތަކުރުގެ ރީތިކަމާ މެދު ވަރަށްބޮޑަށް ޝައުގުވެރިވެގެން އުޅޭ ބައެއް 'ޑައި ހާޑް' ފޭނުން ތިބިއިރު، އެމީހުން އަންނަނީ އޭނާއާ ގުޅޭ އަޕްޑޭޓްތައް މެދުނުކެނޑި ހޯދަމުންނެވެ.
މުރުނާލްގެ އެންމެ ފަހުގެ ޕޯސްޓެއްގެ ސަބަބުން އޭނާގެ ފޭނުން ވަނީ ކަންބޮޑުވެފައެވެ.
އޭނާގެ އިންސްޓާ ވާހަކަތަކުގައި އޭނާ ވަނީ ރޮމުން ފެންނަ ތަސްވީރެއް ހިއްސާކޮށްފަ އެވެ. އެއާއެކު ދިގު ނޯޓެއް ލިޔުއްވެއެވެ.
ބައެއް ފަހަރު ނޭއިވް ނުވަތަ ނާޒުކު ވުމަކީ އޯކޭ ކަމެއް ކަމަށް ވެސް އޭނާގެ ނޯޓުގައި ލިޔެފައި އޮތެވެ.
މުނާރަލް ތަކޫރު ދަސްވި ފިލާވަޅު ދަސްކުރުމަށް އެނާ ވަނީ އެދިފައެވެ.
މި ފޮޓޯގެ މައްސަލަ ބޮޑަށް ހޫނުވީ އެ ފޮޓޯ ރެޑިޓަށް ލުމާއެކު، އޭނާގެ ފޭނުން ކަންބޮޑުވެގެން ފާޅުކުރަން ފެށުމުންނެވެ.
ގިނަ ސަޕޯޓަރުން ވަނީ އޭނާ ހިއްވަރުގަދަކުރުމަށް އެދި ކޮމެންޓްތައް ލިޔެފައެވެ.