ads
އަންހެން މީހާއަށް އަނިޔާކުރި ފިރިހެން މީހާ ހުދު ޓީޝާޓުގައި
މަގުމަތީ ދަމާފައި ގެންދިޔަ އަންހެން މީހާއަށް ހިމާޔަތްދީފި
ގދ މަޑަވެލީގައި އިއްޔެ ފިރިހެނަކު މަގުމަތީގައި ދަމާފައި، އަނިޔާކުރަމުން ގެންދިޔަ އަންހެން މީހާއަށް ޖެންޑަ މިނިސްޓްރީން ހިމާޔަތް ދީފިއެވެ.

ޖެންޑަ މިނިސްޓްރީން އަންހެން މީހާއަށް ރައްކާތެރިކަން ދިން އިރު، މިނިސްޓްރީންވެސް ވަނީ އަނިޔާގެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ފިރިހެނަކު އަންހެނެއްގެ އަތުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ. އަދި މަޑުކޮށްފައި އަންހެން މީހާގެ ގައިގައި ތަޅާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ފަހަތުން ބަޔަކު އެހެން ނުހެދުމަށް އެދެމުން އަންނަނިކޮށް، އަނިޔާ ހުއްޓުވީ އެތަނަށް ދިޔަ ފިރިހެނެކެވެ. މައުލޫމާތު ލިބޭގޮތުގައި، އަންހެން މީހާއަކީ މަޑަވެލީގައި އުޅޭ އުތުރު ރަށެއްގެ މީހެކެވެ.

ފުލުހުން އިއްޔެ ބުނީ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް