ads
އުމަރު ނަސީރު--
އަޅުގަނޑަކީ "ލޯ އެންޑް އޯޑަރު" ކެންޑިޑޭޓެއް: އުމަރު ނަސީރު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން "ލޯ އެންޑް އޯޑަރު" ކެންޑިޑޭޓަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް އޭނާ ވިދާޅު ވެއްޖެ އެވެ.
Advertisement

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާކަން އިއުލާނު ކުރައްވާފައިވާ ކުރީގެ މިނިސްޓަރު ވިދާޅުވީ، އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، 2005 އިން ފެށިގެން ދިވެހިރާއްޖެއަށް ގެނައި މަލްޓި ޕާޓީ "ޑިމޮކްރަސީ" ގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ފޭރާން މުޅިން ހަލާކުވެއްޖެކަމަށާއި، ގާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުވުން ހުއްޓި، ރައްޔިތުން ބިކަވެއްޖެކަމަށެވެ. 

މަލްޓި ޕާޓީ ޑިމޮކޮރެސީ އެއް ގެނައުމަށް އުމަރު މަސައްކަތްކުރެއްވީ، އޭރު ރައީސް މައުމޫން ކުރައްވަމުން ގެންދިޔަ ވެރިކަން ނިންމުމަށްޓަކައި ކަމަށާއި، އަދި ގިނަ ސިޔާސީ ޕާޓީ އެއް އެކުލެވޭ ނިޒާމެއްގެ ތެރެއިން ގައުމު އިތުރަށް ތަރައްގީވެ، އިގްތިސާދު ކުރިއަރައި، ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެކަމަށް ބަލާފައި ކަމަށާއި، ނަމަވެސް ކަންވީ ދިމާ އިދިކޮޅަށް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް މަންފާކުރާނެ ކަމަށް ބަލާ އިންތިޒާރުކުރާތާ 18 އަހަރު ވެއްޖެކަމަށާއި، އެހެންނަމަވެސް ތެދަށް ދަންނަވާކަމަށްވާނަމަ، ދިވެހިން ދިޔައީ 18 އަހަރު ފަހަތަށްކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

"އާދެ، މީހުން މެރުންވީ އިތުރު. ޑްރަގު ވިއްކުން ވީ އިތުރު. ދައުލަތުގެ ދަރަނީ ވީ އިތުރު. ދަރިންގެ އަޚުލާގު ދިޔައީ ދަށަށް. ވެރިންގެ އަޚްލާގު ވެސް ދިޔައީ ދަށަށް. މިނިވަންކަން ގާތްގަނޑަކަށް ގެއްލުނީ. ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ވެރިންގެ ޖީބުތައް ފުރާލެވެނު އިރު ދައުލަތުގެ ތިޖޫރި ކުރިއަށް ވުރެ ލުއިވެއްޖެ". – އުމަރު ނަސީރު

މިހެންވާން ޖެހުނީ، ވެރިކަން ކުރަން އައި ފަރާތްތަކުން، ހެދިފައިވާ ގާނޫނުތަކާއި ގަވާއިދު ތައް ތަންފީޒު ނުކުރާތީ ކަމަށާއި، އެހެން އެކަން ވަނީ، ވެރިކަން ކުރި ފަރާތްތަކުގެ މަގުބޫލުކަން ގެއްލި، އަދި ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި "ވަކި ބައެއްގެ" އަމިއްލަ މަސްލަހަތު އަބަދުވެސް ދިފާއުކުރަން ޖެހޭތީ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައިއެވެ. 

އަދި މިކަމުގެ ހުރިހާ ގެއްލުމެއް ވަނީ އާއްމު ރައްޔިތު މީހާއަށް ކަމަށާއި، އެމީހާ މަތިން ވެރިން ހަނދާންވަނީ ހަމައެކަނި ވޯޓެއް ހޯދާލަން ޖެހޭ ވަގުތު ތަކުގަ އެކަނި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، އެއްމެ ފުރަތަމަ ކުރައްވާނީ ކޮންކަމެއްތޯ ސުވާލުކޮށްލުމުން ވިދާޅުވީ، ކެމްޕެއިން ކުރައްވަނީ ވެސް ލޯ އެންޑް އޯޑަރ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި، އެހެންކަމުން ވެރިކަމަށް އިންތިހާބުވެއްޖެނަމަ، އެއްމެ ފުރަތަމަ ކުރައްވާނީ ވެސް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ކަމަށް އުމަރު ވިދާޅުވިއެވެ. 

މިސާލެއްގެ ގޮތުން، އުމަރު ވިދާޅުވީ، މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވާފައިވާ ފިހާރަ، ކެފޭ އަދި ރެސްޓޯރަންޓް ތަކުގައި ކޭޝިއަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން އެތަންތަނުން ނެރުމުގެ މަސައްކަތް ފައްޓަވާނެކަމަށާއި، "ދިވެހިންގެ ނަންބޯޑު" އަޅުވައިގެން ވިޔަފާރިކުރާ ބިދޭސީންގެ ވިޔަފާރިތައް ބަންދުކުރައްވާނެކަމަށާއި، އަދި އެކަމަށް އިތުރު ހުއްދައެއް ވަކި އިދާރާއަކުން ހޯދަން ނުޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. 

އަދި މިކަންކުރަން ދައުލަތުގެ ތަންފީޒީ ހުރިހާ އިދާރާއަކަށް އަންގަވާނެކަމަށާއި، ބަންދުކުރަންޖެހޭ ތަންތަން ބަންދުކުރުމުން ބަޔަކު މައްސަލަ ޖައްސާނަމަ ކޯޓުތަކުގައި މައްސަލަ ޖެއްސިޔަސް ފަރުވާލެއް ނެތްކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރަން ޖެހެނީ އެއީ ފެށުމުގައި ވެސް ކުރުން މަނާ ކަންތައްތަކަށް ވާތީ ކަމަށާއި، މަނާކަންތައް ހުއްޓުވަން ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ފަހަތަށް ޖެހި، ނުވަތަ އެހެން އިދާރާއަކުން ހުއްދައެއް ހޯދަން ނުޖެހޭނެކަމަށްވެސް އުމަރު ވިދާޅުވިއެއެވެ. 

މިކަން ކުރައްވާއިރު، ހިތްހަމަނުޖެހޭ ފަރާތްތަކުން، ގާނޫނޫ ތަކާއި ގަވާއިދުތަކުގައި ލިޔެވިފައިވާ ގޮތަށް އަމަލުކުރުމުން ނިމުނީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރާކަމަށްވާނަމަ، "ފޮރިން އިންވެސްޓްމެންޓް ގާނޫނުގައިވާ ގޮތަށް" ގޮތަށް އެކަން ކުރީމަ، އެއްވެސް ތާކުން އެކަން ނުހުއްޓުވާނެ ކަމަށާއި، ލޭބަރުންގެ ކޯޓާގައި ރާއްޖެ އައިސް ބޭނުންގޮތަކަށް އުޅެ، ދިވެހިންގެ ވިޔަފާރިތަކުގެ ކޮންޓްރޯލް ނަގާތަން ބަލަން ގައުމުގެ ވަލިއްޔުލް އަމްރު ގެ ހައިސިއްޔަތުން އުމަރު ބައްލަވައިގެން ނުހުންނަވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"ދިވެއްސެއްގެ ނަންފިލާގަނޑު އަޅުވައިގެން ބިދޭސީއަކު ވިޔަފާރިކުރާތަން ބަލާކަށް އަޅުގެނޑެއް ނުހުންނާނަން. އަޅުގަނޑު އެތަންތަން ބަންދުކުރާނަން. މިހާރު މަގުތަކަށް ނުކުމެވަޑައިގެން ބައްލަވާލައްވާ. ބާޒާރުމައްޗާއި، ކަންމަތީގައި ހިންގާ ފިހާރަތަކަށް، ޚާއްސަކޮށް ތަކުރާރީ އަދި މޭވާ ވިއްކާ ފިހާރަތަކަށް ބައްލަވާ. އެއީ ދިވެއްސެއްގެ ނަންފިލާގަނޑު އަޅުވައިގެން ބޭރު މީހުން ހިންގާ ތަންތަން. ހުރިހާ އެއްމެންގެ ބޯކޮށަނީ ބޭރު މީހުން. ކަންމަތީ ފިހާރަތައް މިހާރު ހިންގަނީ ބޭރުމީހުން. ދުއްވާ އުޅަނދުތައް މަރާމާތުކުރާ ގަރާޖުތައް ހިންގަނީ ބޭރުމީހުން. މިހުރިހާ ކަމެއް މިހާރު އަޅުގަނޑުމެން އަތުން ނެއްޓިގެން ގޮއްސި. ދިވެހިން މިހާރު މިތިބީ ވެމްކޯގަ ކުނިނަގަން. އެކަމަކު އަޅުގަނޑުމެން މިމީހުން ގެނައީ މީގެ 50 ވަރަކަށް އަހަރު ކުރިން، ކުނިނަގާ މިކަހަލަ މަސައްކަތްކުރަން. އެކަމު މިއަދު މިއޮތީ ރޯލު މުޅިން ބަދަލުވެފަ. އެހެން އެވަނީ ސަރުކާރުތަކުން ހުންނަ ގާނޫނުތަކާއި ގަވާއިދު ތައް ތަންފީޒު ނުކުރާތީ." – އުމަރު ނަސީރު

އިތުރަށް އުމަރު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި މީހުންމަރަމުން ދުވާ "ގޭންގް" ތަކުގެ މީހުންނާއި ދެކޮޅަށް "ހަތިޔާރު" ބޭނުންކުރާ ވާހަކަ ދައްކަވަނީވެސް އެމަނިކުފާނަކީ ލޯ އެންޑް އޯޑަރު ކެނޑިޑޭޓަކަށްވާތީކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާނަމަ، ކޮންމެރެއަކުހެން ފުލުހުން ސިފައިންވެސް ގޮވައިގެން މަގުމަތީގައި ހިނގާތަން ފެންނަ ކަމަށާއި، އެހެންނަމަވެސް މީހުން މަރާވަރަކަށް މަރަނީ ކަމަށާއި، ތަނެއް ފޭރެން ވެއްޖެނަމަ، އެއްވެސް ފަސްޖެހުމަކާއި ނުލައި، ތޫނުހަތިޔާރާއި އެކުވަދެ، އެކަމެއްވެސް ކޮށްލަނީ ކަމަށާއި، މިހެންމިވަނީވެސް ހަމަ ގާނޫނުތައް ތަންފީޒުނުކުރެވި، ފުލުހުންނަކީ އެއްވެސް ބާރެއް އޮތްބަޔެއްނޫން ކަމަށް ވެރިކަމުގައި ތިއްބަވާ ފަރާތްތަކުން ދައްކަވަމުންދާތީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. 

އަދި މިއަދުގެ ހާލާތު މިހާރު އޮތްގޮތުން، ފުލުހުން ހަތިޔާރާ ނުލައި ނިކުމެ، ހައްލުނުކުރެވޭނެ ހާލަތަކަށް މިހާރު ރާއްޖެ ދަތުރުކޮށްފި ކަމަށްވެސް އުމަރު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ހަތިޔާރު ބޭނުންކުރުމުގެ ހުއްދަދެނީ އެއްވެސް ހާލެއްގަ ބޭނުން ކޮންމެ ގޮތަކަށް އެ ބޭނުންކުރުމަށް ނޫންކަމަށާއި، އެ ބޭނުންކުރާނެ މީހުންނާއި، ކުރެވޭނެ ހާލަތްތައް ފުލުހުންގެ ޕޮރޮފެޝަނަލް މީހުން ނިންމާނެކަމަށެވެ.

އުމަރު ނަސީރު، "އުމަރު 2023" ގެ ސިޔާސަތުތައް ހާމަކުރަމުންދާއިރު، އުމަރުގެ ހޯމް މިނިސްޓަރުކަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި "ގޭންގް ނުވަތަ އެކި ގްރޫޕް" ތަކަށް ނިސްބަތްވާ ގޮތަކަށް ހަދާފައިހުރި ހަޓް ތައް ރޫޅާލައި، ޖޯލިފަތި ފަދަ ތަކެތި ނެގުންފަދަ ކަންތައް ކުރައްވާފައިވާތީވެ، އެކަމާއި ދެކޮޅަށް ގިނަބަޔަކު ފާޑުކިޔާ އުމަރުގެ އިސްތިއުފާއަށް ގޮވާ އެއްމެފަހުން އޭރުގެ ރައީސް ޔާމީން އަމިއްލަފުޅަށް އެއީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވެފައިވާ ކަން ފާހަގަކުރެވެއެވެ.

މިފަދަކަންތައް (ފާޑުކިއުމާއި ޕްރެޝަރު އައުން) ދިމާވާނެކަމަށް ކިހާވަރަކަށް ތައްޔާރުވެވޭތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން އުމަރު ވިދާޅުވީ، ފާޑުކިޔަސް، ޕްރެޝަރު ކުރިއަސް އެއްވެސް ފަރުވާލެއް ނެތްކަމަށާއި، ހެދިފައިވާ ގާނުނުތައް ތަންފީޒުކޮށް، ގައުމުގެ އަމަން މަސަލަސްކަން ދަމަހައްޓަން ކުރަންޖެހުނު ކޮންމެކަމެއް ކުރައްވާނެ ކަމަށާއި، އުމަރުގެ ވެރިމަކެއްގައި އެގޮތަށް ކުރައްވާ ކަންތައް އެހެންމީހަކަށް ހުއްޓުވޭނެ އެއްވެސް ހާލަތެއް ނާންނާނެކަމަށެވެ.

54%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް