ads
އޮޒިލް
މުސްލިމުންގެ މެދުގައި ބޮޑު މަގްބޫލްކަމެއް ހޯދި އޮޒިލް ކުޅުން ހުއްޓާލައިފި
އުމުރުން އެންމެ 34 އަހަރުގައި، ޖަރުމަނުގެ މެސުޓް އޮޒިލް، ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އެކަން އޭނާ މިއަދުވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

އެކާވީސް ވަނަ ގަރުނުގައި ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ހުނަރުވެރި އެއް ޕްލޭމޭކަރު، އޮޒިލް، ވަނީ އޭނާގެ ކާމިޔާބު ކެރިއަރުގައި ޖަރުމަނުގެޝާލްކާ އާއި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި އިންގްލެންޑްގެ އާސެނަލް އަށް ކުޅެ، ޖުމްލަ އެކު، ޕްރޮފެޝަނަލް ކްލަބް ކެރިއަރުގައި ބޮޑު މުބާރާތްތަކުގެ ނުވަ ތަށި ހޯދާފައެވެ. އޭގެ އިތުރުން އޭނާވަނީ ޖަރުމަނާއެކު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 2014 ވަނަ އަހަރުއެވެ.

އޮޒިލްގެ ކާމިޔާބު ކެރިއަރު މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓުނީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ. 

އޭގެ ފަހުން ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބުމުގައި އުނދަގޫތަކެއް ދިމާވިއިރު، 2019 ވަނަ އަހަރު ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގެ މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެ ކަމަށް ފާޑުކިޔައި އޮޒިލް ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް އޭނާ އަށް ކުލަބުން ޕްރެޝަރު އަ އެވެ. އެ ގޮތުން އޮޒިލްގެ އަމަލުތައް ކުށްވެރިކޮށް އާސެނަލުން ބަޔާނެއް ވެސް ނެރުނެވެ.

8%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް