ބޭނުންވާ ތަކެތި
1 އައުންސް ލުނބޯ ހުތް {ލައިމް ޖޫސް}
2 އައުންސް ގެ ޕެޗަން ފްރުޓް
3 އައުންސް ގެ ކްލަބް ސޯޑާ
6 މިންޓް ފަތް
2 މޭޒުމަތީ ސަމްސާގެ ހަކުރު
ގަނޑު ފެން (ކިއުބް)
ތައްޔާރު ކުރާނެ ގޮތް:
އުސް ބިއްލޫރި ތައްޓެއްގައި ހަކުރު އަދި ލައިމް ޖޫސް ޖަހައިގެން މިންޓް ފަތް ފޯ ކޮށްލާށެވެ.
ޕެޝަން ފްރުޓް އަދި ކްލަބް ސޯޑާ އެއްކޮށްލާށެވެ.
ކޮށާފައި ހުރި އައިސް އަޅާފައި، ލައިމް ވެޖް އާއި މިންޓް ސްޕްރިގް އެއް ކޮށްލައިގެން ތަށި ރީތިކޮށްލާށެވެ.