އުރީދޫން ބުނީ މި ޕްރޮމޯޝަނަކީ ރޯދަ މަހު އާންމުކޮށް ބޭނުންވާ ގިނަ އަދަދެއްގެ ޒަރޫރީ ތަކެތި ލިބޭ މޫލީ ރޯދަ ބާޒާރު ޕްރޮމޯޝަނުގެ ދަށުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
ކޮންމެތާކު ހުރެގެންވިޔަސް ކަސްޓަމަރުންނަށް މާންދޫގެ ރަހަމީރު މަސްދަޅުތައް ހިމެނޭ މި ހަދިޔާ ޕެކްތައް ކޮންމެ ވަގުތެއްގައިވެސް މޫލީ މެދުވެރިކޮށް ގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނެފައިވަނީ ތަފާތު ހަތަރު ހަދިޔާ ޕެކް މޫލީއިން ގަންނަން ލިބޭއިރު، މި ހަދިޔާ ޕެކްތަކުގެ އަގުތައް ހުރީ 145 ރުފިޔާ އާއި 160 ރުފިޔާ އާ ދެމެދުގައި ކަމަށެެވެ.
ރޯދަ ހަދިޔާ ޕެކް އެކެއް
- ހަބަނޭރޯގައި ހަދާފައިވާ ތިން ދަޅު، ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ ދެ ދަޅު، ކަނޑުމަސް ސަންފްލާވާ އޮއިލް (އެސްއެފްއޯ) އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ އެއް ދަޅުގެ އިތުރުން މަސްހުނި އެކްސްޓްރާ އޮއިލް، މަސްހުނި ނޯމަލް އަދި މަސްހުނި ޒީރޯ ޗިލީ ގެ ދަޅު ހިމަނާފައިވޭ
- މި ޕެކްގެ އަގަކީ 150 ރުފިޔާ
ރޯދަ ހަދިޔާ ޕެކް ދޭއް
- 160 ރުފިޔާއަށް ލިބޭއިރު، މި ޕެކްގައި ހިމެނެނީ އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަސް، ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ހަދައިފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އަދި ތައިމްގައި ހަދާފައިވާ ކަނޑުމަހުގެ އިތުރުން ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް
- މި ޕެކްގައި މިއިން ކޮންމެ ވައްތަރަކުން ދެ ދަޅު ހިމެނޭނެ
ރޯދަ ހަދިޔާ ޕެކް ތިނެއް
- އަގަކީ 145 ރުފިޔާ
- މި ޕެކްގައި މަސްހުނި އެކްސްޓްރާ ޗިލީ، މަސްހުނި، މަސްހުނި ޒީރޯ ޗިލީ، ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅުގެ އިތުރުން ސަންފްލާވާ އޮއިލްގައި ހަދައިފައިވާ ކަނޑުމަސް ދަޅު ހިމަނާފައިވޭ
- މިއިން ކޮންމެ ވައްތަރަކުން ދެ ދަޅު މި ޕެކްގައި ހިމެނޭ
ރޯދަ ހަދިޔާ ޕެކް ހަތަރެއް
- ހަދިޔާ ޕެކް އެކެއް، ދޭއް އަދި ތިނެއްގައި ހިމެނޭ ހުރިހާ ރަހައެއްގެ ކޮންމެ ވައްތަރަކުން އެއް ދަޅު ހިމެނޭނެ
- މި ޕެކްގެ އަގަކީ 150 ރުފިޔާ
އުރީދޫން ބުނި ގޮތުގައި ރޯދަ ހަދިޔާ ޕެކް ގަތުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/maandhoomas މެދުވެރިކޮށް ފަސޭހަކަމާ އެކު ހަދިޔާ ޕެކަށް އޯޑަރު ދެވޭނެ ކަމުގައެވެ. އުރީދޫ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ރޯދަ މަހަށް ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މޫލީއިން މަރުހަބާ ކިޔާ ކަމަށް އެ ކުންފުނިން ބުނެއެވެ.