ads
ކެމްޕޭން ފަންސައާހިގެ މަގުސަދަކީ އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުން ކަމަށް މީރާއިން ވަނީ ބުނެފައި - ފޮޓޯ:މީރާ
'ކެމްޕޭން ފަންސައާހި' ގެ ނަމުގައި މީރާއިން ހާއްސަ ކެމްޕޭނެއް ފަށައިފި
ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރާ މިންވަރު (ޓެކްސް ކޮމްޕްލަޔަންސް) އިތުރުކުރުމުގެ ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅާ ނިސްބަތް (އޮންޓައިމް ފައިލިން ރޭޓް) އިތުރުކުރުމުގެ ހާއްސަ ކެމްޕޭނެއް 'ކެމްޕޭން ފަންސައާހި' ގެ ނަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފިއެވެ.

މީރާއިން ބުނީ ކެމްޕޭން ފަންސައާހިގެ މަގުސަދަކީ އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުން ކަމަށެވެ.

ޓެކްސް ބަޔާން ސުންގަޑިއަށް ހުށަނޭޅުމަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށަކަށްވާއިރު، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

މީރާއިން ބުނެފައިވަނީ ކެމްޕޭން ފަންސައާހިގެ ދަށުން، ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅާ ނިސްބަތް އިތުރުކުރުމުގެ ގޮތުން ޓެކްސް ބަޔާން ވަގުތަށް ހުށަހެޅުމަށް ބާރުއެޅުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.

ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހުއްޓާލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު އެކަން ކުރެވޭނެ އިންތިޒާމު މި ކެމްޕޭންގެ ދަށުން ފަހިކޮށްދޭނެ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނި ގޮތުގައި އިނެކްޓިވް ޓެކްސްޕޭޔަރުންގެ ގޮތުގައި އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ފަރާތްތަކަށް އީމޭލް މެދުވެރިކޮށް ރަޖިސްޓަރީން އުނިކުރުމުގެ ފުރުސަތު ދޭނެ ކަމުގައެވެ. މި ކެމްޕޭންގެ ދަށުން ރަޖިސްޓަރީން އުނިވުމަށް އެދޭ ފަރާތްތަކަށް ޓެކުހާ ގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް