ads
ސްޓެލްކޯ މަހިބަދޫ އިންޖީނުގެއިން އިންތިޒާމްކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ރުއްގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯ މަހިބަދޫ އިންޖީނުގެއިން ރުއްގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) މަހިބަދޫ އިންޖީނުގެއިން އިންތިޒާމްކޮށްގެން އެ ރަށުގައި ރުއްގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ބުނީ އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި، ތިމާވެއްޓަށް ލޯބި ޖެއްސުމަށާއި ރުއްގަސް އިންދުމުގެ ރޫހު އާލާކޮށް، ރަށުތެރެ ފެހި ކުރުމުގެ ބޭނުމުގައި މަހިބަދޫ އިންޖީނުގެއިން އިންތިޒާމުކޮށްގެން އެ ރަށުގައި ރުއްގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މަހިބަދޫގައި ރުއްގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނިން ހިދުމަތް ދެމުން ގެންދާ ބައެއް ރަށްރަށުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިޖުތިމާއީ މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ.

އެގޮތުން އއ. ހިމަންދޫގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ވަނީ އެ ރަށު މިސްކިތުގެ ހަރިންމަ ތެރޭގައި އަތުރާފައިވާ ގާތަށް ދޮވެ ސާފުކޮށްދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

your imageސްޓެލްކޯ މަހިބަދޫ އިންޖީނުގެއިން އިންތިޒާމްކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ރުއްގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން ބުނެފައިވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އދ. ކުނބުރުދޫ މިސްކިތުގެ ވަށާފާރު ދޮވެ ސާފުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކޮށްދީފައިވާ ކަމަށެެވެ. އެ ކުންފުނީގެ ފަރާތުން ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްފައިވާ އޭސީ ހަރުކޮށްދީފައިވާ ކަމަށާއި މިސްކިތުގައި މައްސަލަ ޖެހިފައިވާ ލައިޓްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

އެ މަސައްކަތްތަކުގެ އިތުރުން ކުނބުރުދޫ އިންޖީނުގޭގެ މުވައްޒަފުންގެ ހެޔޮ އެދުންތަކާ އެކު، އެ ރަށު މިސްކިތަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެކުރިންވެސް ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރަށްރަށުގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން ކ. ހިންމަފުށީ ކައުންސިލުގެ ފަރާތުން އެ ރަށުގެ ދެ ގޮނޑުދޮށެއް ސާފުކުރުމަށް ހިންގި ހަރަކާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ރަށު ފެންވަރުގައި ހިންގޭ މި ފަދަ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް އަބަދުވެސް ލިބޭ އުފަލެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް