
މިދިޔަ މަސްތަކަކީ ޕަންކުރީ އަށް ވަރަށް ބިޒީ ދުވަސްކޮޅެކެވެ. އަވަދި ނެތި މަސައްކަތުގައި އުޅުނު އިރު ފިރިމީހާ އަށް ވަގުތު ދެވިފައިވަނީ ވަރަށް މަދުން ކަމަށް ޕަންކުރީ ވަނީ ބުނެފައެވެ.
ދެމީހުން އެކީ ޗުއްޓީ ހޭދަކުރުމަށް އިންޑިއާއިން ބޭރު އެހެން ގައުމަކަށް ދާން ރޭވި ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން އެެގައުމަށް ދިއުން ވަނީ ކެންސަލްކޮށްފައެވެ.
އެގޮތުން ޕަންކުރީ ބުނިގޮތުގައި އެގައުމަށް ދެވެން ނެތުމުން އެމީހުން ޗުއްޓީ ހޭދަކުރަން ނިންމާފައިވަނީ އިންޑިއާގެ އަވަށެއް ކަމަށްވާ ޕުޝްކަރުގައެވެ. އަދި އެތަނަކީ ދެމީހުންނަށް ވެސް ވަރަށް ކަމުދާ މަންޒިލެއް ކަމަށް ޕަންކުރީ ވަނީ ބުނެފައެވެ.
ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕަންކުރީ ވަނީ ގިނަ ޓީވީ ޝޯތަކުން ފެނިގެން ގޮސްފައެވެ. އެނާ އެންމެ ފަހުން ފެނިގެންދިޔައީ ސްޓާ ޕްލަސް އިން ދެއްކި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިންނެވެ.
ޕަންކުރީ ވަނީ ބޮލީވުޑު ފިލްމު "ޝުބް މަންގަލް ޒިޔާދާ ސާވްދާން" ގައި ވެސް މަސައްކަތްކޮށްފައެވެ. މިއީ އޭނާގެ ފުރަތަމަ ބޮލީވުޑު ފިލްމު ވެސް މެއެވެ.