ads
އިގިރޭސި ޓީމުގެ ޕްރެކްޓިހުގައި ކޭން
ކޭންގެ އަމާޒުވެސް ހުރީ ރިކޯޑް ހެދުމަށް
އިގިރޭސި ކެޕްޓަން ހެރީ ކޭންގެ އަމާޒުވެސް ހުރީ ރިކޯޑަކާ ދިމާލަށް ކަމަށް އިގިރޭސި ކޯޗު ގެރެތް ސައުތު ގޭޓް ބުނެފިއެވެ.

ޔޫރޯ 2024 ކޮލިފައިންގައި މިރޭ އިޓަލީއާ އިގިރޭސިން ކުޅޭ މެޗުގައި ކޭންއަށް ލަނޑެއް ކާމިޔާބު ކުރެވިއްޖެނަމަ ކޭން ވެގެންދާނީ އިގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. މި ވަގުތު ކޭން އެ ރިކޯޑް ހިއްސާ ކުރަނީ ވޭން ރޫނީއާއެކު 53 ލަނޑުންނެވެ. 

ރޫނީ މިހާރު ކުޅުން ހުއްޓާލާފައިވާތީ ކޭންއަށް އިގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެދުމުގެ ފުރުސަތު އެބައޮތެވެ.

ހަގީގަތުގައި ގަތަރުގައި އޮތް ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން އިގިރޭސި ބަލިވި މެޗުގައި ލިބުނު ޕެނަލްޓީ ކޭންއަށް ކާމިޔާބު ކުރެވުނު ނަމަ މިހާރު ކޭންއަށް އެ ރެކޯޑް އޮންނާނީ ހެދިފައެވެ. އެ މެޗުގައި ކޭންގެ ޕެނަލްޓީ މިސް ވިއިރު، އެއީ އިގިރޭސިން އެންމެ ފަހުން ކުޅުނު މެޗުވެސް މެއެވެ. 

ޔޫރޯ ކޮލިފައިންގައި އިޓަލީއާ އިންގްލަންޑް ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:45 ގައެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް