ads
ރޮނާލްޑޯ
ރޮނާލްޑޯގެ އާ ރެކޯޑެއް، ޕްލަސް ދެ ގޯލް
ޔޫރޯ ކޮލިފައިންގައި ބުރާސްފަތި ދުވަހުގެ ރޭ ލިޗެސްޓައިން ކުޅުނު މެޗާއެކު، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައި، އަދި ޓީމަށް ދެ ލަނޑުވެސް ޖަހައިދީފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ލިޗެސްޓައިން އާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ހަތަރު ލަނޑު ސުން ލަނޑުން މޮޅުވިއިރު، ޕޯޗުގަލް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ރޮނާލްޑޯއެވެ. 

މި މެޗަކީ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުނު 197 ވަނަ މެޗެވެ. އެއާއެކު ރޮނާލްޑޯ ވެފައިވަނީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށެވެ. އަނެއްކޮޅުން ލިޗެސްޓައިން އާ ދެކޮޅަށް ދެ ލަނޑު ޖެހުމުގެ ކުރިންވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް އޮންނަނީ ރޮނާލްޑޯ އަތުގައެވެ. ލިޗެސްޓައިން ކޮޅަށް ޖެހި ދެ ލަނޑާއެކު ރޮނާލްޑޯގެ މިހާރުގެ ގޯލްގެ ޖުމްލައަކީ 120 އެވެ. 

ފުޓްބޯޅައިގެ  ވަރަށް ގިނަ ވޯލްޑް ރިކޯޑް ރޮނާލްޑޯ އަތުގައި އޮވެއެވެ. ބުރާސްފަތި ދުވަހުގެ ރޭ، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ ހެދިއިރު، ގަތަރުގައި މިދިޔަ އަހަރު އޮތް ވޯލްޑްކަޕުގައި ރޮނާލްޑޯވަނީ، ފަސް ވޯލްޑްކަޕްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑްވެސް ހަދާފައެވެ.

އުމުރުން 38 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ވޭތިވެ ދިޔަ 20 އަަހަރުގެ ތެރޭގައި ރޮނާލްޑޯވަނީ އެތައް ރެކޯޑެއް ހަދާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް