ads
އިންގްލަންޑް އިޓަލީ މެޗުގެ ތެރެއިން
64 އަހަރު ފަހުން އިޓަލީގައި އިންގްލަންޑް މޮޅުވެއްޖެ
64 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިޓަލީގައި ކުޅެ، އިންގްލަންޑް އިޓަލީ އަތުން މޮޅުވެއްޖެއެވެ.

64 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިޓަލީގައި ކުޅެ، އިންގްލަންޑް އިޓަލީ އަތުން މޮޅުވީ، ޔޫރޯ ކޮލިފައިންގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުންނެވެ. މި މެޗުން އިނގިރޭސިން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. 

މި މެޗުން އިނގިރޭސިން އިޓަލީ އަތުން މޮޅުވުމާ ހަމައަށް، އިޓަލީގައި އެންމެ ފަހުން އިނގިރޭސިން މޮޅުވެފައިވަނީ 1961 ވަނަ އަހަރުއެވެ. 

މި މެޗުން އިންގްލަންޑް މޮޅުވިއިރު، ކެޕްޓަން ހެރީ ކޭން ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އިޓަލީ ކޮޅަށް ޕެނަލްޓީއަކުން ޖެހި ލަނޑާއެކު ހެރީ ކޭން އިނގްލަންޑަށް ޖެހި ލަނޑުގެ އަދަދު 54 އަށް އެރީއެވެ. މި މެޗާ ހަމައަށް އެ ރެކޯޑް ކޭންއާ އެކު ހިއްސާ ކުރަމުން ދިޔައީ 53 ލަނޑު ޖަހާފައިވާ ވޭން ރޫނީއެވެ. 

އިންގްލަންޑާ އިޓަލީ، އިޓަލީގައި ކުޅުނު މެޗުން އިނގިރޭސިން މޮޅުވިއިރު، މިމެޗުގައި އިގިރޭސި ޑިފެންޑަރު ލޫކްޝޯއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެހެންކަމުން އިނގިރޭސިން މި މެޗު ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް