ads
އެމްއޭސީއެލުން ބުނެފައިވަނީ ޖުމްލަ 19 ފަޔަމަނުން ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް - އެމްއޭސީއެލް
އެމްއޭސީއެލުން ލީޑިން ފަޔާފައިޓަރުން ތަމްރީނުކޮށްފި
އެއާޕޯޓް އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވާ ހުނަރުވެރި އަދި ގާބިލު ފަޔާ ވެހިކަލް އޮޕަރޭޓަރުން އުފެއްދުމުގެ ބޭނުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ލީޑިން ފަޔާ ފައިޓާ ކޯހުގެ 13 ވަނަ ބެޗު ނިންމާލައިފިއެވެ.

ކޯސް ނިންމުމުގެ ގޮޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ގުރައިޝާ އިސްމާއީލެވެ. އެ ރަސްމިއްޔާތުގައި ކާޑެއްދޫ އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ހަބީބާއި އެމްއޭސީއެލްގެ އެއާޕޯޓް އިމަޖެންސީ ސާވިސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަސް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯހަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި ނޭޝަނަލް ފަޔާ ޕްރޮޓެކްޝަން އެސޯސިއޭޝަން (އެންއެފްޕީއޭ) ގެ މިންގަނޑުތަކާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނެފައިވާ ގޮތުގައި އެ ކޯހުގައި ކިޔަވައި ދެއްވާފައިވަނީ އެމްސީއޭއޭގެ ސެޓިފައިޑް ޓްރެއިނަރުން ކަމުގައެވެ.

އެމްއޭސީއެލުން ބުނެފައިވަނީ ޖުމްލަ 19 ފަޔަމަނުން އެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއޭސީއެލްގެ އެއާޕޯޓު ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ 17 ފަޔާމަނުންނާއި ކާޑެއްދޫ އެއާޕޯޓުގެ ދެ ފަޔާމަނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްއޭސީއެލުން ބުނީ ކޯހުގައި އެއާޕޯޓު އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވާ ފަޔާ ވެހިކަލްތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓު ކުރާނެ ގޮތުގެ ތިއޮރެޓިކަލް އަދި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

your imageލީޑިން ފަޔާމަން ކޯހުގައި ކިޔަވައި ދެއްވާފައިވަނީ އެމްސީއޭއޭގެ ސެޓިފައިޑް ޓްރެއިނަރުން - އެމްއޭސީއެލް

އެމްއޭސީއެލުން ބުނި ގޮތުގައި ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް ހާއްސަ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. އެގޮތުން ލީޑިން ފަޔާ ފައިޓާ ކޯސް ކުރިއަށް ގެންގޮސްފައިވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލުން ބުނީ ފެންވަރު ރަނގަޅު ތަމްރީނުތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކާ އެކު އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެކަން ކަށަވަރުވެގެންދާނެ ކަމަށެެވެ.

ލީޑިން ފަޔާ ފައިޓާ ކޯހަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަަމަށާއި އޭވިއޭޝަން އިންޑަސްޓްރީގެ އެކި ދާއިރާތަކަށް އިތުރުވަމުން އަންނަ ޑިމާންޑުތަކަށް އެ ކުންފުނިން ހާއްސަ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް