އޭނާގެ ފޭނުންނާއެކު ގޭގެ ކޮރިޑޯގައި ކޭކުފަޅަ މަންޒަރު ފެންނައިރު، ގޭތެރެއިން ނުކުމެގެން އައިސް އިމްރާން ކޭކުފަޅާތައް ފެނެއެވެ. އަދި އޭނާއަށް ސަޕޯޓަރުން އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ގެންދެއެވެ.
ކޭކު ފެޅުމަށް ފަހު، ކޭކު ފޮތި ނަގަން އުޅެ އެކަން އިމްރާން އަކަށް ކާމިޔާބެއް ނުވިއެވެ. ބަދަލުގައި އަތް ހަޑިވިއިރު އަތް ސާފުކޮށްލަން ބަލާލިއިރު ޓިޝޫއެއް ފެންނާކަށް ނެތެވެ.
އެހެންކަމުން ޓިޝޫއެއް ނެގެސް ދިނުމަށް އިމްރާން އެދުމުން، މީހަކު ގޭތެރެއަށް ދުވެގޮސް ޓިޝޫއެއް ގެނެވުނީ އެތައް އިރެއްވީ ފަހުންނެވެ. ނަމަވެސް އިމްރާން އެކަމާ ޝަކުވާއެއް ނުކުރެއެވެ.
ފަހުން އިމްރާން ވަނީ ގޭތެރެއިން ބޭރަށް ނިކުމެ، ބައެއް ސަޕޯޓަރުން ގެނައި ކޭކުތައްވެސް ފަޅާފައެވެ. އަދި ސަޕޯޓަރުންނާއެކު ފޮޓޯ ނެގުމުގައި އޭނާ އެތައް އިރެއް ހޭދަކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;