ads
ރިޓްޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓް: ތަރައްގީކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހިގޮތަކަށް - ފޮޓޯ:ރިޓްޒް ކާލްޓަން
ފުރަތަމަ ގްރީން ލޯން ރާއްޖޭގައި ދެ ރިސޯޓު ހިންގާ ޕޮންޓިއެކް ލޭންޑް ގްރޫޕަށް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފުރަތަމަ ގްރީން ލޯން ސިންގަޕޫރުގެ ޕޮންޓިއެކް ލޭންޑް ޕްރައިވެޓް ލިމިޓެޑަށް ލިބިއްޖެއެވެ.

ޕޮންޓިއެކް ލޭންޑް ގްރޫޕުން އަންނަނީ ރާއްޖޭގައި ދެ ރިސޯޓެއް ހިންގަމުންނެވެ. އެއީ ރިޓްޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓާއި ޕަޓީނާ މޯލްޑިވްސް ރިސޯޓެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އެ ކުންފުނިން ނަގާފައިވާ 180 މިލިއަން ޑޮލަރުގެ ބޭންކު ލޯނު މިިހާރު ވަނީ ގްރީން ލޯނަކަށް ބަދަލުކޮށްފައެވެ. ޕޮންޓިއެކް ލޭންޑް ގްރޫޕުން ލޯނު ހަމަޖައްސާފައިވަނީ ސިންގަޕޫރުގެ ޑީބީއެސް ބެންކާއި އެޗްއެސްބީސީ އަދި ޔޫއޯބީ ބޭންކުންނެވެ.

ޕޮންޓިއެކް ލޭންޑް ގްރޫޕުން ނަގާފައިވާ ލޯނަށް ބަދަލު ގެނެސްފައިވަނީ އެ ކުންފުނިން ހިންގަމުންދާ ރިސޯޓުތަކަށް 'އެކްސެލެންސް އިން ޑިޒައިން ފޯ ގްރޭޓާ އެފިޝެންސީޒް' ސެޓިފިކެޓް ލިބުމާ ގުޅިގެންނެވެ. އެ ސެޓްފިކެޓް ލިބެނީ ހަކަތަ އިގުތިސޯދުކޮށް، ކާބަން ހިމެނޭ ބާވަތްތައް ބޭނުން ނުކޮށް ހަކަތަ އުފެއްދުމާ އެކު އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ ތަންތަނަށެވެ.

ގްރީން ލޯނަކީ ލޯނު ނަގާ ފަރާތްތަކަށް ލިބޭ ފައިސާ ބޭނުންކޮށްގެން ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓުތަކަށް ހާއްސަކޮށް ފަންޑު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ފައިނޭންސިންގެ ބާވަތެކެވެ. މި ލޯނު ހާއްސަކޮށްފައިވަނީ ތިމާވެށީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއުތަކަށް އެކަންޏެވެ.

މިއީ އެ ގްރޫޕަށް މި ލޯނު ލިބުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކަށް މިފަދަ ލޯނެއް ލިބުނު ފުރަތަމަ ފަހަރެވެ.

ޕޮންޓިއެކް ލޭންޑް ގްރޫޕުގެ ދެ ރިސޯޓުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ވައްތަރުތައް ބޭނުންކުރުން މަނާކޮށްފައިވާއިރު، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި ތިމާވެށީގެ ދިރާސާތަކާއި މުރަކަ އިންދުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އޭގެ އިތުރުން ވެލަ އާއި ކަހަނބު ރިހެބިލިޓޭޓް ކުރުމާއި ކަނޑަށް އަޅާ ޕްލާސްޓިކުން ތަކެތި އުފެއްދުން ފަދަ ކަންކަންވެސް ކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް