ads
ފިނޭންސް މިނިސްޓަރު އަމީރު: އިމަޖެންސީ ހާލަތެއްގައި ދިމާވެގެން ނޫނީ ބަޖެޓުގައި ހިމެނިފައި ނުވާ މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް ވިދާޅުވި - ފޮޓޯ:މަޖިލިސް
ބަޖެޓުގައި ނެތް މަޝްރޫއެއް ކުރިއަށް ނުގެންދަން: އަމީރު
އިމަޖެންސީ ހާލަތެއްގައި ދިމާވެގެން ނޫނީ ބަޖެޓުގައި ހިމެނިފައި ނުވާ މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އާޒިމްގެ ސުވާލުގައި ވިދާޅުވެފައިވަނީ ފާސްކުރާ ބަޖެޓާ އެއްގޮތަށް ހަރަދުކުރުމަށް ގާނޫނު އަސާސީގައި ލިޔެފައިވާއިރު، ފާސްކުރާ ބަޖެޓާ ހިލާފަށް އަހަރުގެ ފަހުކޮޅުގައި ހިތަށް އެރި ޕްރޮޖެކްޓެއް ބައެއް ރަށްރަށުގައި ހިންގަމުންދާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވި ގޮތުގައި މަސައްކަތް ކުރިއަށް ދަނީ ފާސްކުރެވިފައިވާ ބަޖެޓާ އެއްގޮތަށް ކަމަށާއި ބަޖެޓުން ބޭރުން މަސައްކަތްތައް ކުރިއަށް ނުގެންދާ ކަމުގައެވެ. އެހެންނަމަވެސް އިމަޖެންސީގައި ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ މަޝްރޫއުތައް ކޮންޓެންޖެންސީ ބަޖެޓުގެ ތެރެއިން ކުރެވިފައި ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"އެހެންނޫނިއްޔާ ބަޖެޓުގައި ނެތް ކަމެއް، ޕްރޮޖެކްޓެއް އަޅުގަނޑަށް ހިއެއްނުވޭ އަޅުގަނޑުމެން ކޮށްފައި އޮންނާނެހެނެއް،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވެފައިވަނީ ބަޖެޓް ކުރެވޭގޮތަށް، ޕްރޮކިއުމެންޓުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އަހަރުގެ ކުރީކޮޅު އަހަރުގެ ޕްރޮކިއުމެންޓް ޕްލޭނެއް އާންމުކުރައްވާ ކަމަށާއި އެ ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް