ads
ބ. ފަރެހުގައި ތަރައްގީ ކުރި އަވާނީ ފަރެސް މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު - ފޮޓޯ:އަވާނީ ފަރެސް މޯލްޑިވްސް
އަވާނީ ފަރެސް މޯލްޑިވްސް އަންނަ ހޮނިހިރު ދުވަހު ހުޅުވަނީ
ސީޕްރިއާ ގްރޫޕާއި ތައިލެންޑުގެ މައިނާ ހޮޓެލްސް ގުޅިގެން ބ. ފަރެހުގައި ތަރައްގީ ކުރި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް މި ފެށޭ ހަފުތާގެ ހޮނިހިރު ދުވަހު ހުޅުވާ ގޮތަށް ނިންމައިފިއެވެ.
Advertisement

ފަރެހުގައި 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި މި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ރިސޯޓުގެ މަސައްކަތް 2019 ވަނަ އަހަރު ނިންމި ނަމަވެސް އެ ރިސޯޓު ހުޅުވާފައެއް ނުވެއެވެ.    

ބ. އަތޮޅުގައި ދުނިޔޭގެ ލަގްޒަރީ ބްރޭންޑްތަކުގެ ގިނަ ރިސޯޓުތަކެއް ހިންގަމުންދެއެވެ. އޭގެ ތެރޭގައި އަނަންތަރާ ކިހަވައް ވިލާސް، ކޮކޯ ޕާމް ދުނި ކޮޅު، ނޯޓިލަސް މޯލްޑިވްސްގެ އިތުރުން ފޯ ސީޒަންސް ލަނޑާ ގިރާވަރު ހިމެނެއެވެ.

އަވާނީ ފަރެސް މޯލްޑިވްސް އަކީ މައިނާ ހޮޓެލްސް އިން ރާއްޖޭގައި ހުޅުވާ ހަވަނަ ރިސޯޓެވެ. އަދި އެ ބްރޭންޑުގެ ދަށުން ބ. އަތޮޅުގައި ހުޅުވާ ދެ ވަނަ ރިސޯޓެވެ. އަނަންތަރާ ކިހަވައް ވިލާސް އަކީ މައިނާ ހޮޓެލްސްގެ ދަށުން އެ އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެކެވެ.

your imageއަވާނީ އޯވަ ވޯޓަ ވިލާއެއް - ފޮޓޯ:އަވާނީ ފަރެސް މޯލްޑިވްސް

އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓުގައި 176 ކޮޓަރި ހުރެއެވެ. ގާތްގަނޑަކަށް 12 ހެކްޓަރުގެ މި ރިސޯޓުގައި 'އަވާނީ ސްޕާ' އަކާއި 'އަވާނީ ކިޑްސް ކްލަބް' އެއްގެ އިތުރުން މެއިން ޕޫލަކާއި ޓެނިސް އަދި ބެޑްމިންޓަން ކޯޓުތައް ހުރެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނެއްގައި 35 މިނެޓުން އެ ރިސޯޓަށް ދެވޭއިރު، އެ އަތޮޅު ދަރަވަންދޫ އެއާޕޯޓުން ސްޕީޑް ބޯޓެއްގައި ފަރެހަށް ދިއުމަށް ހޭދަވަނީ 35 މިނެޓެވެ.        

އަވާނީ ފަރެސް މޯލްޑިވްސް އަކީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ 75 ރަށުގެ ތެރެއިން އެއް ރަށެވެ. އެތަނުން 13 ރަށަކީ މީހުން ދިރިއުޅޭ ރަށްތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް