ވޯލްޑްކަޕްގް ގްރޫޕް ސްޓޭޖުން ކެޓުމުގެ ހިތްދަތި ކަމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އިން ސްވިޑެން ކައިރީގައި މެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް ކުޅުނު މި މެޗުގައި ބެލްޖިއަމަށް ލީޑުނަގައިދިން ފުރަތަމަ ހާފުގެ ފަހުކޮޅު ލުކާކޫ ބޮލުން ޖެހި ލަނޑުންނެވެ. އަދި ދެ ވަނަ ހާފުގެ ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ލުކާކޫވަނީ ބެލްޖިއަމްގެ ލީޑު ފުޅާކޮށްދީފައެޗެ. ލުކާކޫ ހެޓްރިކް ފުރިހަމަކުރީ 83 ވަނަ މިނެޓުގަ އެވެ.
ގައުމީ ޓީމަށް ލުކާކޫގެ ހެޓްރިކެއް މި އައީ، ކްލަބުގައި އޭނާގެ ފޯމް ދަށްވެފައި އޮތުމަށް ފަހުއެވެ.
ޔޫރޯ ކޮލިފައިންގައި ސްވިޑިންއާ ބެލްޖިއަމް ރޭ ކުޅުނު މެޗުގައި ސްވިޑްންގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒްލަޓަން އިބްރޮހޮމަވިޗްވަނީ ޔޫރޯ ކޮލިފައިންގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.