އެމްބާޕޭގެ ކެޕްޓަންކަމުގެ ދަށުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި މޮޅުވީ، ރޭ ހޮލެންޑާ ވާދަކޮށް ހަތަރު ލަނޑު ސުން ލަނޑުންނެވެ.
މި މެޗުގައި އެމްބާޕޭވަނީ ދެ ލަނޑު ޖަހައި، އަދި އިތުރު ލަނޑަކަށް އެސިސްޓްކޮށްދީފައެވެ. މިއީ ވޯލްޑްކަޕްގެ ފައިނަލުގައި ބަލިވުމަށް ފަހު ފްރާންސުންވެސް ކުޅުނު ފުރަތަމަ މެޗެވެ. ޓީމުގެ އާ ކެޕްޓަން އެމްބާޕޭ ބުނީ، އެ މެޗުގެ ކުރިއަށް ފްރާންސް ޓީމު އޮތީ ވަރުގަދަކޮށް ކަމަށާއި އެހެންވެ ބޭނުންވީ އެ ރޫހުގައި އަލުން ފަށަން ކަމަށެވެ.
ޔޫރޯ ކޮލިފައިންގައި ފްރާންސް ހިމެނޭ މި ގްރޫޕުގައި ގްރީސް އިން ވަނީ ޖިބްރޯލްޓާ އަތުން 3-0 އިން މޮޅުވެފަ އެވެ. ފްރާންސަށް ދެން އޮތީ ހޯމަ ދުވަހުގެރޭ އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ނެދަލެންޑްސް އެރޭ ނުކުންނާނީ ޖިބްރޯލްޓާއާ ދެކޮޅަށެވެ.