"ޖޯލި" އިން ދަނީ އެ އަތޮޅުގައި މަތީ ފަންތީގެ ދެ ރިސޯޓު ކަމަށްވާ "ޖޯލި މޯލްޑިވްސް" އަދި "ޖޯލި ބީންގް" ހިންގަމުންނެވެ. ރ. އަތޮޅުގެ ރަށްރަށުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ "ޖޯލި" އިން ވަނީ "ޖޯލި ސަސްޓެއިނަބިލިޓީ ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމުކޮށްފައެވެ.
"ޖޯލި ސަސްޓެއިނަބިލިޓީ ފަންޑު" މެދުވެރިކޮށް:
"ޖޯލި ސަސްޓެއިނަބިލިޓީ ފަންޑު" އިން އެހީ ދިނުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަަރައްގީގެ މަސައްކަތްތަކާއި ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތަކާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިޖުތިމާއީ ގޮތުން ހޭލުންތެރިކުރުވުމަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހިމެނެއެވެ.
"ޖޯލި" އިން ބުނެފައިވަނީ އެ ބްރޭންޑުން ވި "ޒިންމާދާރު ލަގްޒަރީ" ގެ ވައުދާ އެއްގޮތަށް މިހާތަނަށް މުޖުތަމައަށް ފައިދާވާނެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.