ads
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް 2017 ވަނަ އަހަރު ހެދި ކޯޒްވޭ - ފޮޓޯ:އެމްޓީސީސީ
މަޑަވެލި-ހޯނޑެއްދޫ ގުޅާލުމަށް އަޅާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި
ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅަން ނިންމާފައިވާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް މީގެ ކުރިން ހެދި ކޯޒްވޭ ނަގައި އެ ދެ ރަށް ގުޅާލުމަށް ބްރިޖެއް އެޅުމަށް ނިންމާ، އެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އޭރު ކޮށްފައިވަނީ މަޑަވެއްޔާއި ހޯނޑެއްދޫގެ އިތުރުން އެ ދެ ރަށާ އެއްފަޅެއްގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ކަންނިގިއްލާ އާއި ހާދޫގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ރަށްތައް ގުޅާލުމަށް އަޅާ ބްރިޖުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެގޮތުން މިހާރު ކުރަމުން ދަނީ ހޯނޑެއްދު އާއި ކަންނިގިއްލާ އާ ދެމެދު އަޅާ ބްރިޖުގެ ފައުންޑޭޝަންގެ މަސައްކަތެވެ.

ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅާ ބްރިޖު މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބްރިޖުގެ 2،544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުމާ އެކު، 4،596 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި 1،378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 84.17 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް