ads
ބްރެޒިލް - މޮރޮކޯ މެޗުގެ ތެރެއިން
ބްރެޒިލް އަތުން މޮރޮކޯއަށް ތާރީހީ މޮޅެއް
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ވަރުގަދަ ބްރެޒިލް އަތުން މޮރޮކޯ މޮޅުވެއްޖެއެވެ.

ރޭ ބްރެޒިލް އާއި މޮރޮކޯ ކުޅުނު މެޗުން މޮރޮކޯ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މިއީ ނިމުނު ވޯލްޑްކަޕްގެ ސަޕްރައިޒިން ޓީމުގެ ގޮތުގައި ފާހަގަ ކުރެވުނު މޮރޮކޯ ވެސް ވޯލްޑްކަޕަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ. ވޯލްޑްކަޕުގައި މޮރޮކޯވަނީ ހަތަރު ވަނަ ހޯދާފައެވެ.

އަމިއްލަ ގައުމުގައި ރޭ ބްރެޒިލްގެ މައްޗަށް މޮރޮކޯއިން ކުރި ހޯދި ހޯދުމަކީ، މިއީ ބައިނަލް އަގުވާމީ މެޗެއްގައި މޮރޮކޯ އިން ބްރެޒިލްގެ މައްޗަށް ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ މި ޓީމް 1997 ވަނަ އަހަރާއި 1998 ވަނަ އަހަރު ކުޅުނު މެޗުތަކުން ވެސް މޮޅުވީ ބްރެޒިލް އެވެ. 1997 ވަނަ އަހަރު ބްރެޒިލް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. ޖެހިގެން އައި އަހަރު ވޯލްޑްކަޕުގައި މި ދެ ޓީމު ކުޅެ ބްރެޒިލްވަނީ ތިން ލަނޑު ސުން ލަނޑުން މޮޅުވެފައެވެ.

ބްރެޒިލަށް މި މެޗުގައި ކޯޗުކޮށްދިނީ ވަގުތީ ކޯޗު ރަމޯން މެނޭޒޭސް އެވެ. ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ކޯޗުކަމުން ޓީޓޭވަނީ ވަކިކޮށްފައެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް