ads
މިމަހު 20 ވަނަ ދުވަހު ސަލަފުގެ އިސްބޭފުޅުންނާ ގާސިމް ބައްދަލު ކުރައްވަނީ
މީޑިއާތަކުން ފަތުރަނީ ދޮގު ހަބަރެއް: ސަލަފް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެދިވަޑައިގަތުމަކަށް، މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުން ނޫން އެއްވެސް ބައްދަލުވުމެއް ގާސިމް އާ އެކު ބާއްވާފައިނުވާނެކަމާއި، މީޑިއާތަކުން ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް ޖަމިއްޔަތުން ސަލަފުން ބުނެފި އެވެ.

އިއްޔެ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައި، ސަލަފްގެ އިސްވެރިންނާ، ގާސިމް ހިމެނޭހެން ޖޭޕީގެ ބައެއް ބޭފުޅުންނާއި، އެމްޑީޕީގެ "ފިކުރެއްގެ ދިރުން"ގެ ބައެއް ބޭފުޅުން ބައްދަލު ކުރެއްވި ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް ރައީސް މުހައްމަދު ނަޝީދު، ގާސިމްއާ އެކު ހުންނަވާ ނަމަ ސަލަފުން ގާސިމަށް ތާއީދު ނުކުރާނެކަމަށް އެންގި ކަމަށް ވެސް ބައެއް ނޫސް ތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ނަމަވެސް ސަލަފުން ބުނީ އެފަދަ ބައްދަލުވުމެއް ފަހުން ނުބާއްވާކަމަށާއި ސަލަފު ޖަމިއްޔާއަށް ނިސްބަތްކޮށް ދޮގު ހަބަރު ފެތުރި މީޑިއާތަކުން އެކަމަށް މައާފަށް އެދި ތެދު ހަގީގަތް ހާމަކޮށްދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓުން ގެންދަނީ ސަލަފް ޖަމިއްޔާގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. 

އެގޮތުން މިމަހުގެ 20 ވަނަ ދުވަހު ގާސިމް އާއި ޖޭޕީގެ އިސް ބޭފުޅުން ސަލަފް ޖަމިއްޔާ އާ ބައްދަލު ކުރެއްވިއިރު، މީގެކުރިން އިދިކޮޅު ޕީޕީއެމް - ޕީއެންސީގެ އިސް ބޭފުޅުން ވެސް ވަނީ ސަލަފްގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް