ޔޫރޯ ކޮލިފައިންގައި ސްޕެއިން އާއި ނޯވޭ ރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. މިއީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ބުރުން ކެޓުމާއެކު ސްޕެއިންގެ ކޯޗު ކަމުން އޭރު ހުރި ކޯޗު ލުއިސް އެންރީކޭ ވަކިކޮށް، އާ ކޯޗާއެކު ސްޕެއިންގެ ފުރަތަމަ މެޗެވެ.
ސްޕެއިން ޓީމުގެ އާ ކޯޗު ފުއެންޓޭ އަކީ 2013 އިން ފެށިގެން ސްޕެއިނުގެ ޔޫތު ޓީމުތަކުގައި މަސައްކަތް ކުރަމުން އައި ކޯޗެކެވެ.
ސްޕެއިނުން ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ މެޗުގެ ވަރަށް ކުރީކޮޅު، ޑެނީ އޮލްމޯ އެވެ. އަނެއް ދެ ލަނޑު ޖެހީ ހޮސޭލޫ އެވެ.
ކޮލިފައިންގައި ސްޕެއިން ހިމެނޭ ގްރޫޕްގައި ކުޅުނު އަނެއް މެޗުން ސައިޕްރަސް އަތުން ސްކޮޓްލެންޑް ވަނީ 3-0 އިން މޮޅުވެފަ އެވެ.