ads
މާޒިޔާ އީގަލްސް ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ހަތް މަހެއްހާ ދުވަސް ފަހުން ފުޓްބޯޅަ ސީޒަން ފަށަނީ
ކްލަބު އީގަލްސްއާ މާޒިޔާގެ މެޗުން، މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ ހަފްތާގައި ފަށަން އެފްއޭއެމުން ނިންމައިފިއެވެ.

ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ބޭއްވުމަށް އެފްއޭއެމުން ނިންމާފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ. އެފްއޭއެމް އިން މިއަދު ބުނީފައިވަނީ، އަންނަ ހަފްތާގެ ހޯމަ ދުވަހުގެރޭ، އީގަލްސް އާއި މާޒިޔާ ބައްދަލުކުރާ ޝީލްޑް މެޗު އޮންނާނެ ކަމަށެވެ.

އާ ސީޒަން ރާއްޖޭގައި މި ފެށެނީ ހަތް މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހުއެވެ. ޗެރިޓީ ޝީލްޑް މެޗުގައި އެއްކޮޅުން ކުޅޭ މާޒިޔާ އަކީ މިދިޔަ ސީޒަނުގައި ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަނުންނެވެ. 

އާންމު ގޮތެއްގައި ޝީލްޑް މެޗުގައި ކުޅެނީ ލީގު ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަނެވެ. ދެ މުބާރާތް ވެސް އެއް ޓީމަކުން ކާމިޔާބުކޮށްފިނަމަ ޝީލްޑް މެޗުގެ ފުރުސަތު ލިބެނީ ލީގުގެ ރަނަރަޕަށެވެ. އެގޮތުން ޗެރިޓީ މެޗުގެ ދެވަނަ ޖާގަ އީގަލްސްއަށް ލިބުނީއެވެ.

މާޒިޔާ އާއި އީގަލްސް އިން ވަނީ 2020 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން މޮޅުވީ އީގަލްސްއެވެ.

ޗެރިޓީ ޝީލްޑް މެޗާ ކުރިމަތިލާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން މި ވަގުތު ޕްރެކްޓިސް ކުރަނީ މާޒިޔާ އާއި އީގަލްސް އެކަންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް