ads
މޫސާ ސާމް
އުމުރުން 15 އަހަރުގައި ދެ ކިޑްނީ ފެއިލްވެ އެހީ ބޭނުން ވެފައި
ލ.މާވަށަށް އުފަން މޫސާ ސާމް އަކީ އުމުރުން 15 އަހަރުގައި ދެ ކިޑްނީ ފެއިލްވެފައިވާ ކުއްޖެކެވެ. ޅަ އުމުރުގައި ތަހައްމަލް ކުރަން ޖެހުނު މި ވޭނުގެ ސަބަބުން ޝާމްގެ މުސްތަގްބަލަށް މިވަނީ ހިޔަނި އެޅިފައެވެ. ކިޔެވުމާއި އުނގެނުމުގެ އެތައް ކަމަކަށް ހުރަސްތައް ކުރިމަތިވެފައެވެ.
Advertisement

މިކަމުން ސަލާމަތް ވުމަށް ސާމްއަށް އޮތީ އެންމެ މަގެކެވެ. އެއީ ޑޮކްޓަރުންވެސް ލަފާދެއްވަގޮތަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމެވެ. ނަމަވެސް އެއީ ތަނަވަސް ކަމުގެ ގޮތުން ޝާމްގެ އާއިލާއަށް ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ،

ކިޑްނީ ފެއިލްވުމަކީ އެކަމުގެ ވޭން ވަރަށް ބޮޑުކަމެކެވެ. ހަފްތާއަކު ތިން ދުވަހު ކޮންމެ ދުވަހެއްގެ އެތައް ވަގުތެއް ހޭދަކުރަން ޖެހެނީ ޑަޔަލިސިސް ހެދުމުގައެވެ. އެ ވޭން ޝާމް އެދަނީ ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ތަހައްމަލް ކުރަމުންނެވެ.

ޝާމްގެ މަންމަ ފާތިމަތު ވަސީމާ ބުނީ، އާއިލާގެ ވިސްނުން ހުރީ އިންޑިއާއިން ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ކަމަށެވެ. އަދި އެކަމަށް އިންޑިއާގައި ގާއިމްވެ ތިބުމަށް މަދުވެގެން ހަ މަސް ދުވަސް ހޭދަވާނެކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޝާމްގެ މަންމަ ބުނެއެވެ.

ޝާމްގެ އާއިލާއަށް މިވަގުތު އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީވެސް އެއީއެވެ. އެފަދަ ބޮޑު ހަރަދެއް ކުރެވޭނެ މަގެއް ނެތުމެވެ. އެފަދަ ތަނަވަސްކަމެއް އާއިލާގައި ނެތުމެވެ. އެހެން ކަމުން ޝާމްގެ އާއިލާއިން އެދެނީ މިކަމުގައި ދީލަތި އެހީއަކަށެވެ. އަލުން އަނބުރާ ކުރީގެ ދިރިއުޅުމަށް ޝާމްއަށް އާދެވޭނެކަމުގެ އުއްމީދުގައެވެ.

އިތުރު މަޢުލޫމާތު: 9846707 / 9728852

އެކައުންޓް ނަންބަރު: 7725505540001 ފާތިމަތު ވަސީމާ (ޝާމްގެ މަންމަ)

އެކައުންޓް ނަންބަރު (ޑޮލަރު) : 7730000110086 އަހުމަދު މުހައްމަދު

64%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް