ads
މުބާރާތުގެ ބައިވެރިންނާ މިނިސްޓަރު ބައްދަލު ކުރެއްވުން
ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާ މިނިސްޓަރު ބައްދަލުކުރައްވައިފި
ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި އެވެ.
Advertisement

ރަންތާޖު ޤުރުއާން މުބާރާތުގެ 20 ބައިވެރިންނަށް މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި މިނިސްޓަރު ޒާހިރު ބައްދަލުކުރައްވާ މަރުޙަބާއެއް ދަންނަވާފައެވެ.

މި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އެ ބައިވެރިން މުބާރާތަށް ކުރައްވަމުންދާ މަސައްކަތް ބައްލަވައި، ބައިވެރިންނަށް ހިތްވަރުދެއްވައި ޝުކުރު އަދާކުރެއްވުން ކަމުގައެވެ.

އެގޮތުން އޮޑިޝަންގައި ގިނަ އަދަދެއްގެ ބައިވެރިންގެ ތެރެއިން ގަދަ 20 ބައިވެރިންގެތެރޭގައި ހިމެނުމަކީ ވަރަށްބޮޑު ކާމިޔާބީއެއްކަމަށާއި މުބާރާތުން ވަކިވާން ޖެހުނަސް ހިތްވަރު އެލުވާނުލައި ކުރިއަށް ދިޔުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

މިބާރާތުގެ ކޮންމެ ބައިވެރިއަކުވެސް ރަނގަޅުވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭކަމަށާއި ވަނަ ހޯދުމަށްޓަކައި އެކުއްޖަކަށް ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމަށް މިނިސްޓަރު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ރާއްޖެޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް