މި ވޯޓު ކަރުދާސްތައް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ލ. ގަމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށެވެ. އެއީ 3,700 ވޯޓު ކަރުދާހެވެ. ދެން އެންމެ ގިނައީ ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު އިންތިހާބު ކުރުމަށް ޗާޕުކުރި 1,309 ވޯޓު ކަރުދާހެވެ.
މި އިންތިހާބުގައި ޖުމުލަ 12 ރަށެއްގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ވޯޓުލުން އޮންނާނެއެވެ. އޭގެ ތެރޭގައި ހދ. މަކުނުދޫ އާއި ނ. ލަންދޫގެ ކައުންސިލް މެންބަރުންގެ ގޮނޑިތަކާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބަށްފަހު 28 ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ހޮވިގެންދާނެ ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް ވަނީ 2022 ވަނަ އަހަރު ގާނޫނަށް އިސްލާހު ގެނެސްފައެވެ.