ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އަންނަ ކަދުރު ހަދިޔާކުރަމުންނެވެ. އެގޮތުން މި ރޯދަމަހަށްވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާކޮށްފައެވެ.
މި އަހަރަށް ހަދިޔާކުރި ކަދުރު މިނިސްޓްރީން ބަހަން ފަށާފައިވަނީ މިދިޔަ މަހުގެ 20 ގައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލޭ ސަރަހައްދަށް ބަހަން ހުރި ކަދުރުތައް ބަހާ ހުސްވެއްޖެކަމަށެވެ. 50 ޓަނުން މާލޭ ސަރަހައްދަށް ބަހަން ކަނޑައެޅީ 25000 ޕެކެޓެވެ.
މިނިސްޓްރީން ކަދުރު ބެހީ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން، ކޮންމެ ގެއަކަށްވެސް ޕެކެޓެއްގެ މަގުންނެވެ.
މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށްވެސް ކަދުރުން ބައެއް ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.