އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުމުގެ މަސައްކަތް އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ލޮބީގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަދުރު ބަހަމުން ގެންދާނެ ކަމަށާއި ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓްގެ މަގުން ކަދުރު ބަހަމުން ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ކަދުރު ބަލާ އަންނައިރު އައިޑީ ކާޑް ހިފައިގެން އައުމަށް މިނިސްޓްރީން އެދެއެވެ.
އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ސައުދީން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައެވެ.