ޔޫރޯ ކޮލިފައިންގައި އޭ އިގިރޭސިން މޮޅުވީ ޔުކްރޭނާ ވާދަކޮށް ދެ ލަނޑު ސުން ލަންޑުންނެވެ. ފުރަތަމަ މެޗުގައި އިންގްލަންޑުންވަނީ އިޓަލީވެސް ބަލިކޮށްފައެވެ.
ރޭގެ މެޗުގައި އިންގަލަންޑަށް ލަނޑުތައް ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއާ ޒުވާން ފޯވާޑް ސަކާއެވެ. ކޭންގެ ލަނޑަކީ އޭނާ ގައުމީ ޓީމަށް ޖެހި 55 ވަނަ ލަނޑެވެ. އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ޖެހި ލަނޑާއެކު އޭނާވަނީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.
މި މެޗުގައި އިނގިރޭސިން ޖެހި ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅުގައެވެ. ފުރަތަމަ ލަނޑު ސަކާގެ އެސިސްޓަކުން ކޭން ޖެހިއިރު، ދެވަނަ ލަނޑު ޖެހީ ސަކާއެވެ.
މިއީ ވޯލްޑްކަޕުގެ ކުއާޓާއިން އިންގްލަންޑް ކެޓި ފަހުން އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. ދެ މެޗުންވެސް އިގިރޭސިންވަނީ މޮޅުވެފައެވެ.