ads
ރޮނާލްޑޯ ލަގްޒަމްބާގް މެޗުގައި
ރޮނާލްޑޯ އޮބިނޯވޭ، ރޭވެސް ދެ ލަނޑު
ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް ކުޅުނު ދެވަނަ މެޗުގައިވެސް ރޮނާލްޑޯ ދެ ލަނޑު ޖަހައި ޓީމު މޮޅުކޮށްދީފިއެވެ. ޔޫރ

ޔޫރޯ ކޮލިފައިންގައި ރޭ ރޮނާލްޑޯގެ ޕޯޗުގަލް ކުޅުނީ ލަގްޒަމްބާގާ ދެކޮޅަށެވެ. މި މެޗުން ހަ ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ޕޯޗުގަލް މޮޅުވިއިރު، ރޮނާލްޑޯވަނީ ދެ ލަނޑު ޖަހާފައެވެ. 

ޔޫރޯ ކޮލިފައިންގައި އާދިއްތަ ދުވަހުގެ ރޭ ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، ބުރާސްފަތި ދުވަހުގެ ރޭ ލިޗެސްޓައިން ކުޅުނު މެޗާއެކު، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯވަނީ މުގުރާލާފައެވެ. އެރޭވެސް ރޮނާލްޑޯ ދެ ލަނޑު ޖެހިއެވެ. 

ލަގްޒަމްބާގް މެޗަކީ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުނު 198 ވަނަ މެޗެވެ. ގައުމީ ޓީމަށް ކެރިއަރުގައި ދެވަނަ ސެންޗުރީއެއް ހެދުމަށް އެންމެ ދެ މެޗު ބޭނުންވާއިރު، ރޭގައި ޖެހި ލަނޑުތަކާއެއެކު ގައުމީ ޓީމަށް ޖެހި ލަނޑުތަކުގެ އަދަދުވަނީ 122 އަށް އަރާފައެވެ. 

ރޭ ރޮނާލްޑޯ ޖެހި ލަނޑުތަކާއެކު އޭނާ މިހާރު ކުޅޭ ކްލަބު، ސައުދީ އަރަބިއްޔާގެ އަލްނަސްރުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރޮނާލްޑޯ ރެކޯޑްތައް ފަހާ ނުދުވާ ކަމަށާއި ރެކޯޑްތައް ރޮނާލްޑޯ ފަހާދުވަނީ ކަމަށެވެ. 

75%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް