ބާޒާރުގައި އަގުހެޔޮވި ބާވަތްތަކަށް ބަލާއިރު، ކަރާ، ކާށި، ކުރުނބާގެ އިތުރުން ގިތެޔޮ މިރުސް ހިމެނެއެވެ. އެ ބާވަތްތަކުގެ ތަކެތީގެ އަގު ވަނީ އިއްޔެ އާ އަޅާބަލާއިރު ހެޔޮވެފައެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ކަރާ - ކިލޯއެއް ލިބެން ހުރީ 20 ރުފިޔާއަށް (އިއްޔެ ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް)
- ކާއްޓެއް - ލިބެން ހުރީ 10 - 15 ރުފިޔާ އާ ދެމެދުގެ އަގަކަށް (އިއްޔެ ވިއްކާފައިވަނީ 15 - 30 ރުފިޔާ އާ ދެމެދުގެ އަގަކަށް)
- ކުރުނބަލެއް - 40 ރުފިޔާއަށް ލިބެން އެބަހުރި (އިއްޔެ ލިބެން ހުރީ 45 - 50 ރުފިޔާ އާ ދެމެދުގެ އަގަކަށް)
- ގަނބުޅިއެއް - 10 ރުފިޔާއަށް ލިބޭ
- ގިތެޔޮ މިރުސް - 100 ގްރާމް ވިއްކަމުން ދަނީ 20 ރުފިޔާއަށް (އިއްޔެ ވިއްކީ 15 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް)
- ފަޅޯ - ކިލޯއެއް 30 ރުފިޔާއަށް ލިބެން އެބަހުރި
- ކަށިކެޔޮ ވަކެއް - ލިބެން ހުރީ 10 ރުފިޔާއަށް
- ކޮޕީ ފަތެއް - ވިއްކަން ހުރީ 3 ރުފިޔާއަށް
ބާޒާރުގައި މަސް ވިއްކަން ހުރި އަގުތަކަށް ބަލާއިރު ކަންނެލި އަދި ކަނޑުމަހުގެ އަގު ވަނީ ދަށަށް ގޮސްފައިވާކަން ފާހަގަކުރެެވެއެވެ. އިއްޔެ ކަނޑުމަސް އަދި ކަންނެލި ކިލޯއެއް ވިއްކާފައިވަނީ 40 - 45 ރުފިޔާ އާ ދެމެދު އަގަކަށެވެ.
މިއަދުގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާއަށް
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.