އެ އޮތޯރިޓީން ބުނީ ގާނޫނާ އެއްގޮތަށް ރޯދަ މަހުގެ އިނާޔަތް ނުލިބޭނަމަ އެއޮތޯރިޓީގެ ވެބްސައިޓުންނާއި އެއޮތޯރިޓީއަށް ގޮސްގެން ފޯމުންވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ވަޒީފާއާބެހޭ ގާނޫނުގައި ބުނާގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާގެ އެލަވަންސެއް ދޭންޖެހޭނެ އެވެ.
ރޯދަ އެލަވަންސް ނުދީފިނަމަ ފުރަތަމަ ނަސޭހަތްތެރިވެ، އެކަން ތަކުރާރުވެއްޖެނަމަ 5000 - 50،000 ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބަ ރިލޭޝަން އޮތޯރިޓީއަށް ލިބެއެވެ.