ads
ސަމްހާ
އަނެއްކާވެސް ސަމްހާގެ އާ ރެކޯޑެއް
10 ކިލޯމީޓަރު ދުވުމުގެ އަންހެނުންގެ ގައުމީ ރިކޯޑު ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ސަމްހާ އަހްމަދު އާކޮށްފިއެވެ.

10 ކިލޯމީޓަރުގެ ދުވުމުގެ ގައުމީ ރެކޯޑް ސަމްހާ  އާ ކުރީ، ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި ދުވެގެންނެވެ. މި ރޭހުގައި ސަމްހާ 10 ކިލޯމީޓަރު ނިންމާފައިވަނީ 39 މިނެޓާ 34 ސިކުންތުންނެވެ. އުމުރުން 40 އަހަރުގެ ސަމްހާ ވަނީ މި ރޭހުގައި އޭނާ ވާދަކުރި އުމުރުފުރާ ކެޓަގަރީން އެއްވަނަވެސް ހޯދާފައެވެ.

ނެދަލެންޑްސްގައި މި ހަފްތާގައި ގައުމީ ރެކޯޑް ސަމްހާ އާކުރިއިރު، މިހާރުވެސް އެ ރެކޯޑް އޮންނަނީ ސަމްހާ އަތުގައެވެ. އެއީ މިދިޔަ އަހަރު އޮސްލޯ މެރަތަންގައި ވާދަކޮށް 40 މިނިޓް 39 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރިކޯޑު ސަމްހާ އާކުރިއިރު، އޭނާ ވަނީ ޖަރުމަނުގައި ބޭއްވި ރޯޑް ރަންގައި ވާދަކޮށް 5 ކިލޯމީޓަރު ދުވުން 20 މިނެޓަށްވުރެ އަވަހަށް ނިންމި ފުރަތަމަ އަންހެން ދުވުންތެރިޔާގެ ޝަރަފުވެސް ހޯދައިފައެވެ. ހާފް މެރެތަންގެ ރިކޯޑުވެސް އޮންނަނީ ސަމްހާ އަތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް