
ފޮޓޯ ސީއެންްއެމް: ސްޓެލްކޯއިން ހިޔާ ސަރަހައްދުގައި މަސައްކަތް ކުރަނީ
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނީ ޝޯޓަކުން: ސްޓެލްކޯ
އައިޝަތު ނޫރާ
27 މާރޗް 2023 - 19:44:51
ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ފްލެޓްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ މިއަދު ހަވީރު އެވެ.
"ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ކުރަމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން މިރޭ ބުންޏެވެ.
ސްޓެލްކޯއިން އަންނަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކަރަންޓުކެނޑުގެ ސަބަބުން ޓަވަރުތަކުގައި އުޅޭ ގިނަބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް