ads
ޔާމީން ހައިކޯޓުގައި
ތިން މަހަށްވުރެ ގިނަ ދުވަހު ޖަލުގައި ހުންނެވުމަށް ފަހު ރައީސް ޔާމީން މާލެއަށް
ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ހުންނެވުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު މާލެއަށް ވަޑައިގެންފިއެވެ. ޔާމީން މާލެއަށް ވަޑައިގެންނެވީ ހައިކޯޓުގައި މިއަދު އޮންނަ ޝަރީއަތަކަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ދެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު ރައީސް ޔާމީން ހަމަ އެ ދުވަހު ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލަށް ގެންދެވުނެވެ. މާފުށްޓަށް ރައީސް ޔާމީން ޑިސެމްބަރު މަހު 25 ވަނަ ދުވަހު ގެންދެވުނު ފަހުން އެއްވެސް ބޭނުމެއްގައި އެ މަނިކުފާނު ޖަލުން ނުކުންނެވިކަމެއް އެނގިފައެއް ނެތެވެ.

ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީން ޖަލަށް ގެންގޮސްފައިވުމުން، މި ހިނގާ މާރިޗު މަހުގެ 25 ވަނަ ދުވަހަށް އެ މަނިކުފާނު ޖަލުގައި ހުންނަވާތާ ތިން މަސް ދުވަސްވީއެވެ. 

ހައިކޯޓުގައި އޮތް ޝަރީއަތަށް ރައީސް ޔާމިން މިއަދު މާލެ ވަޑައިގެންނެވިއިރު ހުންނެވީ ހުދު ކުލައިގެ އަތް ދިގު ގަމީހަކާ ނޫކުލައިގެ ޖިންސެއް ތުރު ކުރައްވައި ކަޅު ބޫޓަކަށް އަރުއްވައިގެންނެވެ. ކޯޓަށް ވަޑައިގެންނެވީ ކަރެކްޝަންސްގެ ވެހިކަލެއްގައެވެ. 

ޑިސެމްބަރު މަހު 25 ވަނަ ދުވަހު ރައީސް ޔާމީން ޖަލަށް ގެންދެވި ފަހުން މި ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި ނަމަވެސް މުޅިންވެސް ބައިވެރިވެވަޑައިގެންފައިނީ އޮން ލައިންކޮށެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ފަހަރު ޖަލަށް ގެންދިޔަ ފަހުން އެއްވެސް ބޭނުމަކު ޖަލުން ބޭރަށް ނުކުންނެވި މިއީ ފުރަތަމަ ފަހަރެވެ.

ހައިކޯޓުގައި މިއަދު ހިނގަމުންދާ ރައީސް ޔާމީންގެ ޝަރީއަތަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާމެދު ނިންމި ނިންމުންތައް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރުމުން ބޭއްވޭ ޝަރީއަތަކެވެ. މިއަދު ކުރިއަށްދަނީ ޔާމީން އިސްތިއުނާފު ކުރެއްވި މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. 

78%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް