ads
އެމްބާޕޭ
ފްރާންސް ދެވަނަ މެޗުންވެސް މޮޅުވެއްޖެ
ޔޫރޯ ކޮލިފައިންގައި ފްރާންސުން ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.

އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ އަށް ކޮލިފައިވުމުގެ ގޮތުން ކުޅޭ ކޮލިފައިން ބުރުގައި ރޭ ފްރާންސް މޮޅުވީ އަޔަލަންޑް އަތުން އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗު ކުޅުނީ އަޔަލަންޑްގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ. ދެ ވަނަ ހާފް ފެށުނުތަނާ ފްރާންސަށް ލަނޑު ޖަހައިދިނީ  ފްރާންސްގެ ފުލްބެކް، ބެންޖަމިން ޕަވާޑްއެވެ.

ގްރޫޕުގެ އަނެއް މެޗުގައި ގިބްރޯލްޓާ ކުޅުނީ ނެދަލެންޑއެވެ. މި މެޗުގައި ނެދަލެންޑްސް ކުރިހޯދީ 3-0 އިންނެވެ. ނެދަލެންޑްސް އަށް ގިބްރޯލްޓާ ލަނޑުތައް ޖަހައިދިނީ މެމްފިސް ޑިޕާއި ނޭތަން އަކޭ އެވެ. އަކޭ ދެ ލަނޑު ޖެހިއެވެ. 
ގިބްރޯލްޓާގެ ލިއަމް ވޯކާ އަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމުން ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި ގްރޫޕްގައި ކުޅުނު ފުރަތަމަ ދުވަހުގެ މެޗުގައި ފްރާންސް އިން ވަނީ 4-0 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް