
ލެޕަރޮސްކޮޕިކް އަދި ރޮބޮޓިކް ބައެއް ސާޖަރީތައް ހަދާއިރު، ރިސްކު ކުޑަކުރުމަށް ކާބަންޑައި އޮކްސައިޑް ބޭނުން ކުރަން ޖެހެއެވެ. ނަމަވެސް އައިޖީއެމްއެޗްގައި ކާބަންޑައި އޮކްސައިޑްގެ ސްޓޮކް މަދުވެފައި ވުމުން އެފަދަ ސަޖަރީތައް މިވަގުތައް މެދުކަނޑާލާފައިވާކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.
އެނގިފައިވަ ގޮތުގައި އެ ހޮސްޕިޓަލުން މިހާރު ކާބަންޑައި އޮކްސައިޑް ބޭނުން ކުރަނީ އިމަޖެންސީގައި ކުރަންޖެހޭ ސާޖަރީތަކަށް އެކަންޏެވެ.
ކާބަންޑައި އޮކްސައިޑްގެ ސްޓޮކް މަދުވުމުން ބައެއް ސާޖަރީތައް މެދުކަނޑާލާފައިވާކަމަށް ބުނާ މައްސަލާގައި، އެ ހޮސްޕިޓަލަށް ގުޅުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި މައުލޫމާތު ސާފުވުމުން އެ މައުލޫމާތު ހިއްސާކުރާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކާބަންޑައި އޮކްސައިޑް މަދުވުމުން ބައެއް ސާޖަރީތައް މެދުކަނޑާލާފައިވާކަމުގެ ރިޕޯޓް ލިބުނުއިރު، އައިސީޔޫއަށް ޔޫއެސްޖީ މެޝިނެއް ނެތްކަމަށް ބުނެ އެ ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންވެސް މި ފަހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެފަހަރު އެ ހޮސްޕިޓަލުން ބުނީ ބައެއް ކަހަލަ މެޝިނަރީއާއި ބައެއް ތަކެތި ހޯދުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ހުންނާތީ، އެތަކެތި ވަގުތުން ހޯދުމުގައި ދަތިތަކެއް ހުންނަކަމަށެވެ.